މާލެ: 31°C
ނިލަންދޫ ފަޅު ހިއްކައިގެން އެއާޕޯޓެއް އަޅަނީ

ނިލަންދޫ ފަޅު ހިއްކައިގެން އެއާޕޯޓެއް އަޅަނީ

January 4, 2024
4 ފަހަރު ބަލާފައި
ނިލަންދޫ ފަޅު ހިއްކައިގެން އެއާޕޯޓެއް އަޅަނީ

ފ. ނިލަންދޫގައި ހަދަން ނިންމާފައިވާ އެއާޕޯޓު އެޅުމުގެ ކުރިން ބޭނުންވާ ސާވޭތައް ހެދުމާއި އީއައިއޭ ހެދުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މިއަދު ނިލަންދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓަށް ދާނެ ހަރަދު އިނގޭނީ އެމްޓީސީސީއާ މިއަދު ހަވާލު ކުރި ސާވޭތަކާއި އީއައިއޭ ނިމުމުން ކަމަށެވެ.

"އެތަނަށް ބޭނުން ވާނީ ކިހާ ވަރެއްގެ ވެއްޔެއްތޯ، ކިހާ ވަރެއްގެ ޝޯ ޕްރޮޓަކްޝަނެއްތޯ އެނގޭނީ ދިރާސާތައް ނިމިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ނިލަންދޫ އެއާޕޯޓުގެ އަޅަން ބޭނުންވާ ބިން ހިއްކުމެވެ. އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރުން މިއަހަރުގެ ބަޖެޓުގައެއް ނުޖަހަ އެވެ.

މަގޫދޫގައި އެއާޕޯޓެއް އަޅަމުންދާ އިރު، ހަމަ އެ ރަށް ކައިރިން ނިލަންދޫގައި އެއާޕޯޓެއް އަޅަން އުޅޭތީ އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޑރ. މުއްތަލިބް ވިދާޅުވީ ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތަކީ ކުރީގެ ސަރުކާރުތަކުން ވެސް ޕްލޭންކޮށްފައި އޮތް ކަމެއް ކަމަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޓޫރިޒަމް ޒޯންތަކެއް ހެދިގެންދާ އިރު، އެއާޕޯޓުތައް ހެދިގެން މި އަންނަނީ ވަކި ގޮތަކަށް ރަށުގެ ރައްޔިތުންނާއި އަތޮޅުގެ އެހެން ކަންކަމަށް ބެލުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ