ނައިޖީރިޔާގެ ޔޫތް މިނިސްޓަރަށް ރާއްޖެއިން ހާއްސަ އެވޯޑެއް ދެނީ

ނައިޖީރިޔާގެ ޔޫތް މިނިސްޓަރަށް ރާއްޖެއިން ހާއްސަ އެވޯޑެއް ދެނީ
ލިޔުން:
ނައިޖީރިއާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސަންޑޭ ޑެއާއަށް ރާއްޖެއިން ހާއްސަ އެވޯޑެއް އަރުވާ ގޮތަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ރާއްޖޭގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްއާ ހަވާލާދެއްވައި ނައިޖީރިއާގެ ސަރުކާރުގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުން ޑެއާއަށް އެ އެވޯޑް އަރުވަނީ ނައިޖީރިއާ އާއި އެފްރިކާގެ ކުޅިވަރު ކުރިއެރުވުމަށް ޑެއާ ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
"ތިބޭފުޅާ (ޑެއާ) ގައުމާއި އެފްރިކާ ސަރަހައްދުގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ތިޔަ ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އަޅުގަނޑުމެން ތިޔަބޭފުޅުންނަށް "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ދޭނަން،" މަހުލޫފް ވިދާޅުވިއެވެ.
ނައިޖީރިއާގެ ޔޫތް މިނިސްޓަރަށް އެ އެވޯޑް އަރުވަން ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާގައެވެ. އެ ހަފްލާގައި ކުރީ އަހަރެކޭ އެއްގޮތަށް ކުޅިވަރުގެ ދާއިރާއިން އެކިއެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ފަރާތްތައް އަގުވަޒަންކޮށް އެވޯޑް ދޭނެއެވެ.
މިދިޔަ އަހަރު ބޭއްވި އެވޯޑް ހަފުލާގައި ޖުމުލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ. އެވޯޑް ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ނައިޖީރިއާގެ ޔޫތް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުޅިވަރު ކުރިއަރުވަން ކުރައްވަމުންދާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޑެއާއަށް ވަނީ ޕަބްލިކް ސާވިސްގެ ދާއިރާއިން އެކްސެލެންސް އެވޯޑާއި، ނޭޝަނަލް ޓެލެގްރާފް މޯސްޓް އިނޮވޭޓިވް މިނިސްޓަރުގެ އެވޯޑާއި، ބްލޫޕްރިންޓް ސްޕޯޓްސް އައިކަން އޮފް ދަ އިޔާގެ އެވޯޑާއި، އެމެރިކާގެ ޔޫތު އެވޯޑް ފަދަ ތަފާތު އެވޯޑްތައް ލިބިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
