މާލެ: 31°C
ނޭޕާލު މީހަކު ރަހީނުކުރި ދިވެއްސެއްގެ ބަންދު މުއްދަތު އިތުރުކޮށްފި

ނޭޕާލު މީހަކު ރަހީނުކުރި ދިވެއްސެއްގެ ބަންދު މުއްދަތު އިތުރުކޮށްފި

June 5, 2024
3 ފަހަރު ބަލާފައި
ނޭޕާލު މީހަކު ރަހީނުކުރި ދިވެއްސެއްގެ ބަންދު މުއްދަތު އިތުރުކޮށްފި
މާލޭ ގެސްޓު ހައުސްއެއްގެ ތެރޭގައި ނޭޕާލް މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި ހައްޔަރު ކުރި ދިވެހި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުގޭ ރޭ ހިނގި މި ހާދިސާއާއި ގުޅިގެން ދެ މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން 35 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖެހި އެވެ. އެހެންނަމަވެސް ހައްޔަރު ކުރި ދެވަނަ މީހާ ދޫކޮށްލީ އެވެ. ފުރަތަމަ ބަންދު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކޯޓަށް ގެންދިޔުމުން އިތުރު 15 ދުވަސް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ނިންމައިފަ އެވެ. މިމައްސަލައިގައި އެފިރިހެން މީހާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓިކަމުގެ ތުހުމަތެވެ. އެހެންނަމަވެސް އޭނާ ވަނީ ތުހުމަތަށް އިންކާރު ކޮށްފަ އެވެ. މާފަންނުގައި ހުރި ގެސްޓު ހައުސްއެއްގެ ތެރޭގައި ނޭޕާލް ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނީ ބިދޭސީންތަކެއްގެ ބައިވެރިވުމާވެސް އެކުކަމަށް މައުލޫމާތު ލިބެ އެވެ. އެހެންނަމަވެސް އެއިން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ. މިކުށުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުންގެ އެންޓް ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ އިންވެސްޓިގޭޓަރުން އަދި ކްރައިމް ސީން އޮފިސަރުން އެސަރަހައްދަށް ދިޔަ އެވެ. އަދި ރަހީނުކޮށްފައި ހުރި މީހާ ސަލާމަތް ކުރި އެވެ. ފުލުހުން ބުނީ އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ