މާލެ: 31°C

ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެއްޖެ

January 9, 2023
2 ފަހަރު ބަލާފައި
ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެއްޖެ
ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެއްޖެ
މާލޭގެ ދެކުުނު ފަރާތުގައިވާ ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެެއްޖެ އެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއާ ހަވާލާދެއްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ނީލަން ފިހާރައިގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު އެހެން ތަނަކަށް ފެތުރުމުގެ ބިރެއް މިހާރު ނެތް ކަމަށެވެ. މާރިޔާ މިވަގުތު ވަޑައިގެން ހުންނެވީ އެ ސަރަހައްދުގަ އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު އެތަނުގެ އުތުރަށް، އިމާދުއްދީން ސްކޫލާ ދިމާލަށް ފެތުރެމުން ދިޔަ ނަމަވެސް އެލިފާން މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ. [caption id="attachment_77421" align="aligncenter" width="1600"] ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވަން ސިފައިން މަސައްކަތްކުރަނީ. ފޮޓޯ:އެމްއެންޑީއެފް[/caption] "އނީލަން ފިހާރައިގެ އުތުރުފަޅިން [ޢިމާދުއްދީން ސްކޫލްއާއި ދިމާ] ފެތުރެމުންދިޔަ އަލިފާންގަނޑު ކޮންޓްރޯލްވެއްޖެ. އަދި މިހާރު މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން،" އޭނާ ވިދާޅުވި އެވެ. [embed]https://twitter.com/MariyaDidi/status/1612277508342444034?s=20&t=8ioEUYcCjaDAUCn4tdgPUA[/embed] ގިނަ އަދަދެއްގެ ލަކުޑިއާއި ޕްލާސްޓިކުން ފުރިފައިވާ ނީލަން ފިހާރައިގައި ރޯވި އަލިފާނުގެ ސަބަބުން އެ ސަހަރައްދު ބޯ ދުމުން ފުރިފައި ވާއިރު، އެ ސަރަހައްދަށް މީހުން ނުދާން ފުލުހުންވަނީ އިލްތިމާސްކޮށްފަ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލްކުރީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ސިފައިންނާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފަޔަމަނުން ގުޅިގެން ކުރި މަސައްކަތުންނެވެ. މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު، އެކައުންސިލުގެ  ބިދޭސީ މުވައްޒަފުން ތިބޭ އިމާރާތަށް ވަނީ ފެތުރިފަ އެވެ. އެތަނުގައި ތިބި މުވައްޒަފުން މިހާރު ތިބީ އިމާދުއްދީން ސްކޫލްގައި ކަމަށް ވެސް ބުންޏެވެ. [embed]https://twitter.com/MaleCitymv/status/1612286994650103809?s=20&t=0bsfEt_WAa_SxKoDnNowlA[/embed] ނީލަން ފިހާރައިގައި މީގެ ކުރިން ވެސް އެތައް ފަހަރަކު ރޯވެ އަނދާފައި ވެ އެވެ. މިދިޔަ ދެތިން ދުވަހު ރާއްޖޭގެ އެކި ތަންތަނުގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ރ. އަލިފުށީ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެ އެނދި އިރު އިއްޔެ ވަނީ ގދ. ފިޔޯރީ ސްކޫލްގައި ރޯވެ  އަނދައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ