މާލެ: 31°C

ނެކްޓަން މޯލްޑިވްސް- މިޝަން އިން ހޯދި ކަނޑުއަޑީގެ ދިރުންތައް ދެނެގަތުމުގެ މަސައްކަތް ފަށައިފި

February 19, 2023
2 ފަހަރު ބަލާފައި
ނެކްޓަން މޯލްޑިވްސް- މިޝަން އިން ހޯދި ކަނޑުއަޑީގެ ދިރުންތައް ދެނެގަތުމުގެ މަސައްކަތް ފަށައިފި
ނެކްޓަން މޯލްޑިވްސް- މިޝަން އިން ހޯދި ކަނޑުއަޑީގެ ދިރުންތައް ދެނެގަތުމުގެ މަސައްކަތް ފަށައިފި
ރާއްޖޭގެ ކަނޑުތަކުގެ ފުން ސަރަހައްދުތައް ފުރަތަމަ ފަހަރަށް ދިރާސާކުރުމަށް ނެކްޓަން މޯލްޑިވްސް މިޝަންގެ ނަމުގައި ކުރިއަށް ގެންދިޔަ ސާވޭގައި ހޯދި ދިރުންތައް ދެނެގަނެ، ގިންތިކޮށް އިތުރަށް ދިރާސާ ކުރަން ފަސް ދުވަހުގެ ވޯކްޝޮޕެއް ފަށައިފި އެވެ. ފަސްދުވަހުގެ މުއްދަތަށް މަނިޔަފުށީ ރިސާރޗް އެންޑް ޓްރޭނިން ސްޓޭޝަނު ގައި ކުރިއަށްދާ މި ޓެކްސޮނޮމިކް ވޯކްޝޮޕް މިއަދު އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ނެކްޓަން މޯލްޑިވްސް މިޝަންގެ ބައެއްގެ ގޮތުންކުރިއަށްދާ، ފުން ކަނޑުގެ ދިރުންތައް ދެނެގަތުމާ ބެހޭ ފަސް ދުވަހުގެ ވޯކްޝޮޕް ގައި ކަނޑުގެ ދިރުންތައް ދެނެގަތުމަށް ބައިވެރިންނަށް ދަސްކޮށްދޭނެ އެވެ.   [embed]https://twitter.com/MMRI_Maldives/status/1627188429204381696[/embed]
 

ރާއްޖޭގެ ކަނޑުތަކުގެ ފުން ސަރަހައްދުތައް ފުރަތަމަ ފަހަރަށް ދިރާސާކުރުމަށް ނެކްޓަން މޯލްޑިވްސް މިޝަންގެ ނަމުގައި ކުރިއަށް ގެންދިޔަ ސާވޭގައި އެއްކުރި ވީޑިއޯތަކާއި މައުލޫމާތުތައް އާންމުކުރި ނަމަވެސް މިދިރާސާތަކުގެ ފުރިހަމަ ނަތީޖާތައް އާންމުކުރަން ނިންމާފައިވަނީ މިއަހަރުއެވެ.

މި ސާވޭގައި ދިވެހި މެރިން ސައިންސްވެރިންނާއި ބައިންލައަގުވާމީ ސައިންސްވެރިންގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކުގެ ސައިންސްވެރިންވެސް ބައިވެރިވިއެވެ.

މި ދިރާސާގައި ސަބްމާސިބަލްގެ އެހީގައި 500 މީޓަރު އަޑިން މައުލޫމާތު ހޯދައި 900 މީޓަރާ ހަމައަށް ރިމޯޓް އޮޕަރޭޓެޑް އުޅަނދެއްގައި ވީޑިއޯއާއި ސާމްޕަލްތައް ނަގާފައިވެ އެވެ. ދިރާސާ ކުރީ މާލެ އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކުގެ އިރުމަތީ ބިތުގެ ސަރަހައްދުގެ ތެރެއިން ޖުމްލަ 300 އަކަކިލޯމީޓަރުގެ ސަރަހައްދެއްކަމަށް ފިޝަރީޒް މިނިސްޓްރީއިން ކުރިން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ