މާލެ: 31°C
ނަޒޫގެ ގޮނޑި ގެއްލުވާލީ ފައިސަލް ނަސީމް ކަމަށް ބުނެ، މަހްލޫފްގެ ބޮޑު ތުހުމަތެއް

ނަޒޫގެ ގޮނޑި ގެއްލުވާލީ ފައިސަލް ނަސީމް ކަމަށް ބުނެ، މަހްލޫފްގެ ބޮޑު ތުހުމަތެއް

April 23, 2024
3 ފަހަރު ބަލާފައި
ނަޒޫގެ ގޮނޑި ގެއްލުވާލީ ފައިސަލް ނަސީމް ކަމަށް ބުނެ، މަހްލޫފްގެ ބޮޑު ތުހުމަތެއް
ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ގޮނޑި ނަޒްރާ ނަސީމް (ނަޒޫ) އަށް ގެއްލުނީ އޭނާގެ ބޭބެ ފައިސަލް ނަސީމް ކަމަށް ބުނެ، މަހްލޫފްގެ ބޮޑެތި ތުހުމަތުތަކެއް ފައިސަލްގެ މައްޗަށް ކޮށްފިއެވެ. އެމްޑީޕީގެ ކެމްޕެއިން ވަޓްސްއަޕް ގްރޫޕަކަށް މަހްލޫފް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ފުވައްމުލަކް ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލީ ސީދާ ފައިސަލް ނަސީމް ކަމަށެވެ. ފައިސަލް ނަސީމްއަށް ނިސްބަތްކޮށް މަހްލޫފް ބުނީ، ކެމްޕެއިނުގައި ފައިސަލް ނަސީމް ވަނީ ނަޒޫގެ އާއިލާގެ އެތައް ބަޔަކަށް އަދި ދާއިރާގެ މީޙުންނަށް ގުޅައި ނަޒޫއާ ދެކޮޅަށް އެންޓި ކެމްޕެއިންކޮށްފައެވެ. މިކަން އެމްޑީޕީގެ ލީޑަރޝިޕްގެ އިތުރުން ނަޒޫގެ މައިންބަފައިންނަށާއި، އާއިލާގެ މީހުންނަށްވެސް އެނގޭކަން ފާހަގަކުރަމުން މަހްލޫފް ބުނެފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ޓީމްގެ ފަރާތުން މިހާރު މި މައްސަލަ ޕާޓީއަށް ހުށަހަޅާފައިވާނޭކަމަށެވެ. މަހްލޫފް ބުނީ މި މައްސަލާގައި ދޫދިނުމެއް ނެތްކަމަށާއި، މައްސަލަ ފެށިފައިވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖެއްސި ހިސާބުން ކަމަށެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމަން އެތައް މަސައްކަތްތަކެއް ކުރިގޮތަށް މިފަހަރު ނަޒޫ ހޮވުނަ ނުދޭންވެސް ފައިސަލް ނަސީމް ވަނީ އެތައް މަސައްކަތްތަކެއް ކޮށްފައި ކަމަށާއި، ނަޒޫގެ ބޭބެ ފައިސަލް ނަސީމް އާ ގުޅޭ އިތުރު މައްސަލައެއް އާއިލާގެ ފަރާތުން ފުލުހުންނަށްވެސް ހުށަހަޅާފައިވާނޭ ކަމަށްވެސް މަހްލޫފްގެ އެ މެސެޖްގައި ވަނީ ބުނެފައެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ނަޒޫއަށް ގެއްލުނީ 48 ވޯޓުގެ ތަފާތަކުންނެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރި އިބްރާހިމް ހުސައިނަށް 1142 ވޯޓު ލިބުނުއިރު ނަޒޫއަށް ލިބުނީ 1094 ވޯޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ