އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ވެރިކަމެއްގައި ކުރައްވާނެ ކަންކަން ހިމަނާފައިވާ މެނިފެސްޓޯ ނެރެފި އެވެ.
ރޭ އެޕާޓީން ބޭއްވި ރަސްމިއްޔާތެއްގައި ނެރުންު "އުޖާލާ ޒަމާން" މެނިފެސްޓޯ ގައި ނާޒިމުގެ ވެރިކަމެއަގައި ކުރާނެ ކަންކަން މައިގަނޑު ގޮތެއްގައި 9 ބަޔަަކަށް ވަނީ ބަހާލާފައެވެ.
އެއީ، އިސްލާމީ ވަހުދަތު، އުފާވެރި ޒުވާނާ، ބާއްޖަވެރި އާއިލާ، ފަންނީ ޖީލެއް، އަހަރެންގެ ދިވެހި ރާއްޖެ، ނަޒާހަތްތެރި ވެރިން، އަދުލު އިންސާފު، ސަލާމަތްތެރިކަން ކަށަވަރު، ބަދަހި އިގުތިސޯދު، މި ސުރުހީ ތަކެވެ.
އޭގެ ތެރެއިން އުފާވެރި ޒުވާނާގެ ދަށުން ޢުމުރުން 18 އަހަރުވުމުން، ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލާ ހިންގުމާއި، ވަޒީފާ ނުލިބި ތިބޭ ޒުވާނުންނަށް އެލަވަންސް ދިނުމާއި، ނަފްސާނީ ބަލިތަކަށް ފަސޭހައިން ފަރުވާކުރެވޭނެ ގޮތް ހަމަޖައްސައި، ކިއުގައި ގިނަ ދުވަހު ހުންނަން ނުޖެހޭނެހެން ހެދުމާއި، މިއުޒިޝަނުންނާއި އާޓިސްޓުންނަށް އިންޑަސްޓްރީއެއް ތަރައްގީ ކުރުން ހިމެނެއެވެ. އަދި، ބާއްޖަވެރި އާއިލާގެ ދަށުން ގިނަ ކަންތައްތަކެއް ހިމެނޭ އިރު، ފާހަގަ ކޮށްލެވޭ ބައެއް ކަންކަމަކީ، ދައުލަތުން މިހާރު ދޭ ބައެއް އެލަވަންސްތައް ބޮޑުކޮށް އަދި ބައެއް އެލަވަންސްތައް އަލަށް ތައާރަފްކުރަން ހިމަނާފައިވެ އެވެ. އެގޮތުން އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް 5،000 ރުފިޔާގެ އިނާޔަތެއް ދިނުމާއި، ހިޔާ ފްލެޓްތަކުގެ ކުލި 4000 ރުފިޔާއަށް ކުޑަކުރުމާއި، މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ޕެޑް ހިލޭ ކޮށްދިނުމާއި، އެކަނިވެރި މައިންނަށް ދޭ އިނާޔަތް 4000 ރުފިޔާއަށް ބޮޑުކުރުމާއި، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް 3،000 ރުފިޔާގެ ރޯދަ އެލަވަންސެއް ދިނުމާއި ވަކި ވަރަކަށް ވުރެ ދަށުން އާމްދަނީ ލިބޭ އާއިލާތަކަށް މާލީ އިނާޔަތެއް ދިނުން ހިމެނެއެވެ. އޭގެ އިތުރުން ގޯތީގެ ރަޖިސްޓަރީއާ އެކު ހުށަހެޅުމުން ހައުސިން ލޯނު ހަމަޖައްސައިދިނުމާއި، މެޑިކަލް އިންޝުއަރެންސް ކާޑެއް ތައާރަފްކުރުމާއި، ގޭގޭގެ ކުނި ހިލޭ އުކާލަ ދިނުން ވެސް ހިމެނެއެވެ. މެނިފެސްޓޯގެ އެހެން ބައިތަކުގެ ތެރެއިން ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަންކޮށް އަދުލު އިންސާފުގެ ދާއިރާގެ ނަޒާހަތްތެރިކަން ކަށަވަރުކޮށްދިނުމާއި، ރައްޔިތުން ބޭނުންވާނަމަ ރިކޯލް ވޯޓެއް ނަގައި މަޖިލިސް މެންބަރުން ވަކިކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ 30 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމާއި، ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރުން ހުއްޓާލުމާއި، ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ވެހިރާއްޖޭގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދުން އެންމެ އިންޗިއެއްވެސް ދޫކޮށްނުލައި ބެލެހެއްޓުމާއި، ވެހިރާއްޖޭގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދުން އެންމެ އިންޗިއެއްވެސް ދޫކޮށްނުލައި ބެލެހެއްޓުން ހިމެއެވެ. ބޮޑެތި ވައުދުތަކާ އެކު ނާޒިމްގެ މެނިފެސްޓޯ ނެރުނު އިރު، މިއީ މިހާތަނަށް މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއެއް ނެރުނު ފުރަތަމަ ފަހަރެވެ. ސެޕްޓެމްބަރު 9 ގައި އޮންނަ އިންތިހާބުގައި، ނާޒިމުގެ އިތުރުން، އެމްޑީޕީ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަ ކުރައްވާނެ ކަން މިހާރު ވަނީ ޔަގީން ވެފައެވެ.






