މާލެ: 31°C

ނެޝަނަލް ޑޭޓާ ސެންޓަރު އަޕްގްރޭޑް ކުރުމުގައި، ހިދުމަތްތަކަށް ބުރޫއަރާފާނެ ކަމަށް އެން.ސީ.އައި.ޓީ އިން ބުނެފި

February 8, 2023
2 ފަހަރު ބަލާފައި
ނެޝަނަލް ޑޭޓާ ސެންޓަރު އަޕްގްރޭޑް ކުރުމުގައި، ހިދުމަތްތަކަށް ބުރޫއަރާފާނެ ކަމަށް އެން.ސީ.އައި.ޓީ އިން ބުނެފި
ނެޝަނަލް ޑޭޓާ ސެންޓަރު އަޕްގްރޭޑް ކުރުމުގައި، ހިދުމަތްތަކަށް ބުރޫއަރާފާނެ ކަމަށް އެން.ސީ.އައި.ޓީ އިން ބުނެފި
ނޭޝަނަލް ޑޭޓާ ސެންޓާރ އަޕްގްރޭޑް ކުރާތީ ހިދުމަތްތަކަށް ބުރޫއަރާފާނެ ކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ)  އިން ބުނެފިއެވެ. އެން.ސީ.ޓީ.ސީ އިން ކުރި ޓްވީޓެއް ގައި ބުނީ ނޭޝަނަލް ޑޭޓާ ސެންޓާރ (އެން.ޑީސީ) އިން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އަޕްގްރޭޑް ކުރުމަށްޓަކައި ތާވަލުކޮފައިވާ މަސައްކަތްތަކާއި ގުޅިގެން، އެން.ޑީސީގައި ހޯސްޓްކުރެވިފައިވާ ހިދުމަތްތައް ބޭނުން ކުރުމުގައި ބުރޫއަރާފާނެ ކަމަށެވެ. އެކަމާގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށާއި، ހިދުމަތްތައް ކުރިއެރުވުމަށް އެކުރާ މަސައްކަތަށް ދެއްވާ އެއްބާރުލުމަށް ޝުކުރުދަންވާ ކަމަށް ވެސް އެ ޓްވީޓުގައި ވަނީބުނެފައެވެ. https://twitter.com/ncitmv/status/1623230305284034561?s=20&t=gAzjaKyyLmJlpKpCCLqiMg ސަރުކާރުގެ ގިނަ ވެބް ޕޯޓަލްތަކާއި އޮންލައިން އެކި ހިދުމަތްތައް ހޯސްޓް ކޮއްފައި ހުންނަނީ ނޭޝަނަލް ޑޭޓާ ސެންޓާރގައެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ