މާލެ: 31°C

ނެޝަނަލް އާޓް ގެލަރީގައި ޕަރމަނަންޓް ކަލެކްޝަން ރަސްމީކޮށް ހުޅުވައިފި

ނެޝަނަލް އާޓް ގެލަރީގައި ޕަރމަނަންޓް ކަލެކްޝަން ރަސްމީކޮށް ހުޅުވައިފި
May 21, 2023
2 ފަހަރު ބަލާފައި
ނެޝަނަލް އާޓް ގެލަރީގައި ޕަރމަނަންޓް ކަލެކްޝަން ރަސްމީކޮށް ހުޅުވައިފި
ނެޝަނަލް އާޓް ގެލަރީގައި ޕަރމަނަންޓް ކަލެކްޝަން ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕަރމަނަންޓް ކަލެކްޝަން ރަސްމީ ގޮތުން ހުޅުވައިދެއްވީ، މިކަމަށްޓަކައި ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ހަފްލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކްފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު އެވެ. ރައީށް އޮފީހުން ބުނީ، ރާއްޖޭގެ ފުންނާބުއުސް އަދި ކުރިއަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. 2005 ވަނަ އަހަރު ނޭޝަނަލް އާޓް ގެލެރީ ހުޅުވީއްސުރެ ގެލެރީގައި ޕަރމަނަންޓް ކަލެކްޝަނެއް ގާއިމް ކުރުމުގެ ސިޔާސަތެއް އޮތްނަމަވެސް މިއަދާ ހަމައަށް ޕަރމަނަންޓް ކަލެކްޝަނެއް ގާއިމްކޮށް، އާންމުންނަށް ފެންނާނޭހެން މައުރަޒުކުރެވިފައެއް ނުވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ، މިއަދު އިފްތިތާހު ކުރި ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަންގައި އެކިއެކި ދިވެހި ކުރެހުންތެރިންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކުރައްވާފައިވާ ޖުމްލަ 44 ކުރެހުން ހިމެނޭކަމަށާއި، މީގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކުރެހުމެއް މިވަގުތު ޕަރމަނަންޓް ކަލެކްޝަންގައި މައުރަޒުކުރެވިފައިވާކަމަށެވެ. މީގެ އިތުރުން ރައީސް އޮފީހުން ބުނީ، މި24 ކުރެހުމުގެ އިތުރުން މިވަގުތު ގައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ ދެ ކުރެހުމަކާއި، ބޭރުގެ ބައެއް ގައުމުތަކާއި، ރާއްޖޭގައި އެކި ދުވަސްވަރު ހިދުމަތްކުރެއްވި އެކި ގައުމުތަކުގެ ސަފީރުން ހަދިޔާކުރައްވާފައިވާ ބައެއް ކުރެހުންތައްވެސް ޕަރމަނަންޓް ކަލެކްޝަންގައި ހިމެނޭ ކަމަށެވެ. ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ހުޅުވައިދެއްވުމަށްފަހު ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަނާއި ރާއްޖޭގެ ބައެއް ސީނިއަރ އާޓިސްޓުންގެ ކުރެހުންތައް އަދި އެތަނުގައި ކުރިޔަށްދިޔަ ކުރެހުމުގެ ހަރަކާތްތައް ބައްލަވާލައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ