ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް ޕްރައިމަރީއަކު ނުހިނގާ : އެމްޑީޕީ

ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް ޕްރައިމަރީއަކު ނުހިނގާ : އެމްޑީޕީ
ލިޔުން:
އެމްޑީޕީން މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީއާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތައް، ޝަކުވާ ބަލާ ކޮމިޓީން ބެލި އިރު، އެ ޝަކުވާ ތަކުގެ ތެރޭގައި ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް، ނެތް ކަމަށް އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރު އަދި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ސީރިއަސް ހެން ހީވާ ފަދަ މައްސަލަތައް ބެލި އިރު ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެ ޕްރައިމަރީގެ ސައްހަކަން ކަނޑުވައިލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށާއި އިންތިހާބާ ބެހޭ ކޮމިޓީން އެއަށް ޖާގަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ފާހަގަކުރި ބައެއް، ސީރިއަސް ހެން ހީވާ ފަދަ މައްސަލަތައް ބެލި ބެލުުމުން، ރިޔާސީ ޕްރައިމެރީގެ ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަކުރެވިފައެއް ނުވޭ،" އަނަސް ވިދާޅުވި އެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރައިމަރީގެ ދާއިމީ ނަތީޖާ އެހެންވެ އިއުލާނު ކުރި އެވެ. ޕްރައިމަރީ ބޭއްވި ދުވަހު، ވޯޓުގުނައި ނިިމިގެން އިއުލާނު ކުރި ވަގުތީ ނަތީޖާއާއި މިއަދު އިއުލާނުކުރި ދާއިމީ ނަތީޖާ ހަމަ އެއްގޮތެވެ.
އެ ނަތީޖާގައިވާ ގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އެއީ ވޯޓުގެ 38 ޕަސެންޓެވެ. ކެންޑިޑޭޓް ނަމްބަރު ދޭއްގެ ގޮތުގައި ވާދަކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 24،566 ވޯޓެވެ. އެއީ ވޯޓުގެ 61 ޕަސެންޓެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެ ނަތީޖާއާ މެދު ސުވާލު އުފައްދަވަމުންނެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ދެބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ ފަރަގު އެއަށް ވުރެ ކުޑަވާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
