
ނަޝީދުގެ އިތުބާރުނެތްކަމަށް ނިންމަން 54 ސޮޔާއެކު މަޖިލިހަށް ހުށަހަޅައިފި
ނަޝީދުގެ އިތުބާރުނެތްކަމަށް ނިންމަން 54 ސޮޔާއެކު މަޖިލިހަށް ހުށަހަޅައިފި
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެންބަރުންގެ ސޮއި ކޮށްފައިވާ ގަރާރެއް ރައްޔިތުންގެ މަޖިލިހަށް މިއަަދު ހުށަހަޅައިފި އެވެ.
"މިނިވަން" އަށް އެނގިފައިވާ ގޮތުގައި ސޮއި ކުރެއްވި މެންބަރުންނަކީ އެމްޑީޕީގެ 50 މެމްބަރުންނާއި, ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރާއި، ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.
ނަޝީދު ހިމެނޭހެން ހިމެނޭހެން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ. އޭގެ ތެރެއިން 5 މެންބަރަކު ސޮއި ނުކުރައްވައެެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބެވި 87 މެންބަރުންނެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި ވޯޓުން ފާސްވެގެންނެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން ވެސްް ވަނީ މަޖިލީހަށް ހުށަހަޅާފައެެވެ.
އީވާގެ އިތުބާރު ނެތްކަމަށް ނިންމަނީ، އެމްޑީޕީ ދެބައިވެ އުފެދުނު ފިކުރެއްގެ ދިރުމުން ހަދާ އާ ޕާޓީ، ދަ ޑިމޮކްރެޓްސްއަށް އީވާ ސޮއިކުރައްވާފައިވާތީއެވެ. ނަމަވެސް ރައީސް ނަޝިދު އަދި ވެސް ހުންނެވީ އެމްޑީޕީގައެވެ.
އެމްޑިޕީއިން މިއަދު ހުށަހެޅި ގަރާރުގައި ބުނީ، ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފުވެވަޑިގެންފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
