"ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގަވައިދާ ހިލާފަށް އަމަލުކުރެއްވުމުގެ ސަބަބުން، މަޖިލީހުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައި އޮތް މައްސަލައިގެ މަސައްކަތް އެޖެންޑާ ކުރެވުނު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައި. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިއަމަަލަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 180 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދައިން މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން،" އިމްތިޔާޒުގެ މައްސަލަ ހުށަހަޅުއްވަމުން ޝަރީފު ވިދާޅުވި އެވެ.
އެ މައްސަލައާ މެދު ބަހުސް ކުރުމަށް ފާސްކުރުމަށް ރިޔާސަތުން ހުޅުވާލެއްވުމުން، ވޯޓުދެއްވީ، 50 މެމްބަރުންނެވެ. އޭގެ ތެރެއިން 37 މެމްބަރުންގެ ވޯޓުން މައްސަލަ ވަނީ ބަލައިގެންފައެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އިމްތިޔާޒާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ނަމަ އެހެން ހުރިހާ މަސައްކަތަކަށް ވުރެ ކުރިން އެމައްސަލަ އަށް އިސްކަން ދޭން ޖެހެ އެވެ. ޝަރީފް ވަނީ އިމްތިޔާޒުގެ މައްސަލައިގެ އިތުރުން، މަޖިލީހުގެ މަސައްކަތްތައް ނިންމެން ދެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ހުށަހެޅުއްވުމަށް މަަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް، އިމްތިޔާޒް މައްސަލައިގެ ތެރެއިން އިތުރު ހުށަހެޅުމެއް ހުށަނޭޅޭނެ ކަމަށް ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ނިންމަވާފައެވެ.ނަޝީދު ރިޔާސަތު ނުބަލަހައްޓަވާތީ، އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި

ނަޝީދު ރިޔާސަތު ނުބަލަހައްޓަވާތީ، އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ މަޖިލީހުގެ ރިޔާސަތުގައި ނީންނަވާތީ، މަޖިލިހަށް ހުށަހަޅާފައިވާ، ނައިބު ރައިސް، އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުދާނެ ކަމަށް ބުނެ، އިމްތިޔާޒުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި އެވެެ.
މިއަދު، މަޖިލީހުގައި އިމްތިޔާޒުގެ މައްސަލަ ހުށަހެޅުއްވީ، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އެވެ.
ޝަރީފް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ނައިބުރައީސް އީވާ ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު، ގާނުނުގައި ވާގޮތުން ބަލަހައްޓަވަން ވާނީ، މަޖިލީހުގެ ރައީސް ކަމުގައިވާތީ، ނަޝީދު ގާނޫނާ ހިލާފްވެވަޑައިގެންފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
