މާލެ: 31°C

ނަޝީދުގެ ފިކުރެއްގެދިރުމުން އުފެއްދި ޕާޓީ "ދަ ޑިމޮކްރެޓިކްސް" ގެ ފޯމު ހުށަހަޅައިފި

ނަޝީދުގެ ފިކުރެއްގެދިރުމުން އުފެއްދި ޕާޓީ "ދަ ޑިމޮކްރެޓިކްސް" ގެ ފޯމު ހުށަހަޅައިފި
May 21, 2023
2 ފަހަރު ބަލާފައި
ނަޝީދުގެ ފިކުރެއްގެދިރުމުން އުފެއްދި ޕާޓީ "ދަ ޑިމޮކްރެޓިކްސް" ގެ ފޯމު ހުށަހަޅައިފި
އެމްޑީޕީ ދެބައިވެ، ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި " ފިކުރެއްގެ ދިރުން" ހަރަކާތަށް ނިސްބަތްވާ ބޭފުޅުން، "ދަ ޑިމޮކްރެޓިކްސް" ގެ ނަމުގައި އާ ޕާޓިއެއް ހަދަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުޅަހަޅައިފިއެވެ. ފިކުރެއްގެ ދިރުން އުފެދުނީ، އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހު ކުރިހޯއްދަަވައި ރިޔާސީ ޓިކެޓު ކާމިޠާބު ކުރެއްވުމުންނެވެ.

އޭގެ ފަހުން އެމްޑީޕީގެ ވަކި ފެކްޝަނެއްގެ ގޮތުގައި މަސައްކަތްކުރި "ފިކުރެއްގެ ދިރުމުން" އުފައްދާ މި ޕާޓީއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަން ފޯމް ހުށަހެޅުމަށް ހަސަން ލަތީފު އީސީއަށް ވަޑައިގެންނެވި އިރު އަރިހުގައި ފިކުރެއްގެ ދިރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރެއިން ނަޝީދު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިވުމާގުޅިގެ  ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ހުރިހާ މަޖިލިސް މެމްބަރުން ވެސް މިދިޔަ ބުދަ ދުވަހު ވަނީ އެމްޑީޕީން ވަކިވެފައެވެ.

ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަފްޝާން ލަތީފު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށެވެ.

ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ޕާޓީ އުފައްދަން މިއަދު ފޯމު ހުށަހެޅުއްވި ނަމަވެސް ނަޝީދު  އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ