
ނަޝީދު އަކީ ބުއްދި ހަމަޖެހޭ ބޭފުޅެއްނަމަ ވެރިކަމުގައި 5 އަހަރުގެ ދައުރެއް ނިންމާނެ ބުއްދި ހުރީސް: ރޮޒޭނާ
ނަޝީދު އަކީ ބުއްދި ހަމަޖެހޭ ބޭފުޅެއްނަމަ ވެރިކަމުގައި 5 އަހަރުގެ ދައުރެއް ނިންމާނެ ބުއްދި ހުރީސް: ރޮޒޭނާ
ލިޔުން:
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ބުއްދި ހަމަޖެހޭ ބޭފުޅެއްނަމަ ވެރިކަމުގައި ފަސް އަހަރުގެ ދައުރެއް ނިންމާނެ ބުއްދި ހުރީސް ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒޭނާ މިހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާ ގައި، ނަޝީދު އެ މަނިކުފާނުގެ ސިކުނޑި ބޭނުން ކުރައްވާނީ ރާއްޖެއަށް އިންގިލާބީ ބަދަލާއި ތަސައްވުރު ގެންނަވަން ކަމަށް އެ ޕާޓީން ބުނިބުނުމަށް ރައްދު ދިނުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ.
"މަޖިލީހުގެ ރައީސް ކަން ދިނުމުން ތިމާގެ އިތުބާރު ފަސް އަހަރު ވަންދެން ހިފަހައްޓާނެ ބުއްދި ހުރީސް" ޓުވީޓުގައި ރޮޒޭނާ ވިދާޅުވިއެވެ.
އިތުރަށް ރޮޒޭނާ ވިދާޅުވީ، ރައީސް ނަޝީދު އަށް އެމްޑީޕީ ގެ އާންމު މެމްބަރުންގެ އިތުބާރު ހިފެއްޓުނީސް ކަމަށެވެ.
https://twitter.com/roxeyna/status/1667387391999635456?s=48&t=W-Ms7MNeLsesbV_No22wYA
މަޖިލީހުގެ ރައީސް ކަމުގައި އަދި އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ނަޝީދު ކުރައްވާތީ އާއި ގަވައިދާ ހިލާފަށް ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދަވާ ކަމަށް ބުނެ، މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން ވަނީ މަސައްކަތް ފަށައިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
