"އަޅުގަނޑަށް ސާފުކޮށް އެނގޭ، ރައީސް ޔާމީނުގެ އެންމެ އަނދިރި ޒަމާނުގައި ވެސް މިކަމެއް، [ވާދަވެރިންގެ ހަރަކާތްތަކުގައި ބައިވެރިވާތީ އިންޒާރު ދިނުމުގެ ކަންތައްތަކެއް] މިރަށްރަށުގައި މި ދަރަޖައަކަށް ނުހިނގާ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އުޅޭ ކިތަންމެ އެމްޑީޕީއަށް ތާއީދުކުރާ މީހުނެއް ދިޔައީ ތާއީދުކުރަމުން. އަދި އަޅުގަނޑުމެންގެ ޖަލްސާތަކުގައި ވެސް ބައިވެރިވަމުން. އަދި މި ހަރުގޭގައި ވެސް އަޑުހަރުކޮށް އެމްޑީޕީއަށް ތާއީދުކޮށް، އެބޭފުޅުން ދިޔައީ އިހުތިޖާޖުކުރަމުން،" ނަޝީދު ވިދާޅުވި އެވެ.އެހެން ނަމަވެސް އެހުރިހާ އެންމެން މިއަދު މާ ބޮޑު ބަނދެވުމަކުން ބަނދެވެން ވިސްނާ ކަމަށާއި އެއީ ހީލަތްތެރި ވިސްނުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ނަމަވެސް އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ފޮރުވިގެން ތިބެން ނުޖެހޭނެ ކަމަށް ވިދާޅުވެ، އޭގެ މިސާލުތައް ވެސް ދެއްކެވި އެވެެ. އެގޮތަށް ދެއްކެވި މިސާލުން އެކަަމަކު އެނގުނީ އެމަނިކުފާނު އެ ވިދާޅުވާ ފަދަ ނުފޫޒެއް އަސްލުގައި ނެތްކަމެވެ. "މިއިންނެވީ ސްޓޭޓްމިނިސްޓަރެއް، މުޖުތަބާ ފޮރުވިގެން ހުންނަވާކަށް ގަސްދެއް ނުކުރައްވާ. ޝިފާޒު، އަޅުގަނޑުމެންގެ ޕާޓީގެ ނައިބުރައީސް. ވަޒީރެއް،،" އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒަށް އިޝާރާތްކުރައްވަމުން ނަޝީދު ވިދާޅުވި އެވެ. ކޯފާގެ ރާގެއްގައި އެމަނިކުފާނު ވިދާޅުވީ މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކަމަށާއި ކެންޑިޑޭޓުން ތިބެން ޖެހޭނީ ހަމަހަމަކޮށް ކަމަށެވެ. ވަޒީރަކަށް ވީތީ މި ކެމްޕޭނުގައި ރައީސުލް ޖުމްހޫރިއްޔާއަށް ސަނާކިއުއްވަން ޖެހިވަޑައިނުގަންނަވާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް އިބްރާހީން މުހައްމަދު ސޯލިހަށް މިއަދު ވެސް ނަޝީދު ގިނަ ތުހުމަތުތަކެއް ކުރެއްވި އެވެ. އެފަދަ އެެއް ތުހުމަތަކީ އެކި ރަށްރަށުގައި ސަރުކާރުން ހިންގާނެކަމަށް އިއުލާނުކޮށްފައިވާ މަޝްރޫއުތައް ނުހިނގަނީ ރައީސް ސޯލިހު އެކަންކަމާ އަޅައިނުލައްވާތީ ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތެވެ. ބައެއް ވަޒީރުންގެ ނަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެއީ ހީވާގި ބޭފުޅުން ކަމަށެވެ. "މީގެ އެއް ބޭފުޅަކަށް ވެސް އެއްވެސް ކަމެއް ނުވެގެން މިއުޅެނީ އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ، ރައީސުލް ޖުމްހޫރިއްޔާ ފޯނު ވެސް ނުނަންގަވަނީ. ވަޒީރު ބޭފުޅުންނާ ބައްދަލުނުކުރައްވާ އެބަ މަސް ދެމަސްވޭ،" އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް މީގެ ކުރިން ވެސް ވާދަވެރިކޮށް ބާއްވަ އެވެ. އެހެން ނަމަވެސް އެފަދަ އިންތިހާބުތަކުގައި ވާދަކުރައްވާ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް މިހާ ބޮޑެތި ތުހުމަތުތައް ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.
ނަޝީދު ވިދާޅުވަނީ ނުފޫޒުގެ ކަންތައް، ޔާމީނު ޒަމާނަށް ވުރެ ވެސް މިހާރު ގޯސްކަމަށް!

ނަޝީދު ވިދާޅުވަނީ ނުފޫޒުގެ ކަންތައް، ޔާމީނު ޒަމާނަށް ވުރެ ވެސް މިހާރު ގޯސްކަމަށް!
ލިޔުން:
ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވިޔަ ނުދީ ނުފޫޒު ފޯރުވުމުގެ ކަންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ނުހިނގާ ވަރަށް މިހާރު އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތުކުރައްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ލ. އިސްދޫގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ތާއީދުކުރާ ކިތަންމެ ބަޔަކު ޔާމީނުގެ ވެރިކަމުގައި ވެސް ދިޔައީ އެޕާޓީއަށް ތާއީދުކުރަމުން ކަމަށާއި އެމްޑީޕީގެ ޖަލްސާތަކުގައި ވެސް ދިޔައީ ބައިވެރިވަމުން ކަަމަށެވެ. އެމްޑީޕީއަށް ތާއީދުކޮށް، އެމްޑީޕީގެ ހަރުގެތަކުގައި މީހުން އޭރު ދިޔައީ އިހުތިޖާޖުކުރަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
