ނަޝީދު ވިދާޅުވަނީ ގަން އެއާޕޯޓަށް އިނގިރޭސީންގެ ޝައުގު ބޮޑުކަމަށް!

ނަޝީދު ވިދާޅުވަނީ ގަން އެއާޕޯޓަށް އިނގިރޭސީންގެ ޝައުގު ބޮޑުކަމަށް!
ލިޔުން:
ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑުއަށް އިނގިރޭސީންގެ ޝައުގުވެރިކަން ވަރަށް ބޮޑުކަމަށް ވިދާޅުވެ، ގަން އެއާޕޯޓް ހިންގަން އިނގިރޭސި ކުންފުންޏަކާ ހަވާލުކުރުމުގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި އައްޑޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އިނގިރޭސި ވިޔަފާރިވެރިންނާއި އެގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ވެސް ގަމުގެ ވާހަކައާއި އައްޑޫގެ ވާހަކަ އެމަނިކުފާނާ ބައްދަލުވުމުން އައްސަވާ ކަމަށެވެ. އިނގިރޭސި ވަޒީރަކު ދިމާވިޔަސް، އަދި ރާއްޖެ އިނގޭ ކޮންމެ ބޭފުޅު ވެސް އެވާހަކަ އައްސަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އިނގިރޭސި އެތައް ކުންފުންޏެއް އަބަދުވެސް ޝައުގުވެރިކަން ހުރޭ ގަން އެއާޕޯޓް، ކޮމާޝަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.
އިނގިރޭސި ކުންފުންޏަކާ ހަވާލުކޮށްގެން ގަން އެއާޕޯޓް ތަރައްގީކުރުމަކީ ދަތިކަމަކަށް ނުވާނެ ކަމަށާއި ޓެންޑަރަށް ހަމަ ހުޅުވައިލުމާއި އެކު އެ މަސައްކަތް ހިނގައިގަންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެއާޕޯޓުގެ މެޖޯރިޓީ ހިއްސަ ސަރުކާރަށް އޮންނަ އޮތުން، ވެރިކަން ލިބިވަޑައިގެންފި ނަމަ ބަދަލުކުރައްވާނެ ކަމަށް ވެސް ނަޝީދު ރޭ ވިދާޅުވި އެވެ، އެމަނިކުފާނު ވިދާޅުވީ ހިއްސާގެ އެއްބައި އައްޑޫ ސިޓީކައުންސިލަށް ބަދަލުކޮށް އަނެއްބައި އާއްމުންނަށް ވިއްކަވާނެ ކަމަށެވެ. ގަން އެއާޕޯޓް ތަރައްގީކުރަން އޮތް އެންމެ ފަސޭހަ މަގަކީ އެއީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓްރީގައި އޮތް ހިއްސާގެ ބައެއް ސިޓީކައުންސިލަށް ފުރޮޅައިލުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި މި އެއާޕޯޓް ހަދައި، ކުރިއަށް ގެންދަން އޮތް އެންމެ ފަސޭހަ މަގު،" ނަޝީދު ވިދާޅުވި އެވެ.
އާގުބޯޓުފަހަރަށް ޑްރައިޑޮކްގެ ހިދުމަތް ވެސް ދެވޭ ފެންވަރަށް އައްޑޫގެ ވިޔަފާރި ބަނދަރު ތަރައްގީކުރަން ޖެހޭ ކަމަށާއި އޭރުން އިންޑިއާ ކަނޑުގެ ދެކުނުގައި އޮންނަ ، ވިޔަފާރީގެ ބޮޑު މަރުކަޒަަކަށް ނުވެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެކަމަނިކުފާނު ވިދާޅުވި އެވެ. އެ ބަނދަރު ތަރައްގީކުރަންވީ އަމިއްލަ ވިޔަފާރިވެރިންނާ ގުޅިގެން ކަމަށާއި އެމްޑީޕީގެ ވިސްނުމަކީ އަބަދުސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރެއް އޮވެ، އެޕާޓީގެ ސިޔާސަތު ތަންފީޒުކުރާ ނަމަ އެއީ ފަސޭހަ ކަމަކަށް ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
