ނަޝީދު ވިދާޅުވަނީ ބަހުސްގައި ބައިވެރިވެވަޑައިނުގަނަންނަވާ ކަމަށް

ނަޝީދު ވިދާޅުވަނީ ބަހުސްގައި ބައިވެރިވެވަޑައިނުގަނަންނަވާ ކަމަށް
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރާ ބަހުސްގައި، ރިޔާސަތުގައި އިންނަވައިގެން ބައިވެރިވެވަޑައި ނުގަންނަވާ ކަމަށާއި "ބައެއް ފަހަރު އެއްޗެއް ބުނަނީ" ރައްޔިތުންނަށް އަސާސީ ހައްގުތައް ހޯދައިދެވޭ ފަދަ މަސައްކަތަކަށް މަގު ފަހިކުރައްވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މެމްބަރުން ބޭރުކުރަން ޖެހޭ ހާލަތުގައި ފިރިހެން މެމްބަރުން ނެރެން އަންހެން މުވައްޒަފުން ނުފޮނުވޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލުކުރަން ޮގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގައި، ވެލިދޫ ދާއިރާގެ މެމްބަރު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ކަންތައްތައް ރަނގަޅަށް ގެންދިއުމަށް ޓަކައި ހިޔާލުފާޅުކުރެއްވުމަކީ މަޖިލީހުގެ ގަވައިދުގައި މަނާކަމެއް ނޫން ކަމަށެވެ.
"އެއްވެސް ދުވަހެއްގައެއް ފާހަގައެއް ނުވޭ އަޅުގަނޑު ބަހުސެއްގައި ބައިވެރި ވެވުނު ތަނެއް. އަނގައިން އެއްޗެއް ބުނުމަކީ ބަހުސްގައި ބައިވެރިވުން ކަމަށް އަޅުގަނޑު ހިތުން ދެކުން އެއީ ރަނގަޅު ގޮތަކަށެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގުތައް ހޯދައި ދިނުމުގައި ފަހަތަަށް ނުޖެހި މަސައްކަތް ކުރައްވާނެ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ ސަރުކާރު ޖަވާބުދާރީ ކުރުމުގަޔާއި ގާނޫނު ހެދުމުގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަން މަގުފަހިކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަން ކުރާ އިރުގައި އަދި އެކަން ކަން ކުރުމަށް މަގުފަހިކޮށްދޭ އިރުގައި އަޅުގަނޑު ބައެއް ފަހަރަށް އެއްޗެތި ބުނާނެ އެހެން ނަމަވެސް އިއްޒަތްތެރި މެމްބަރުން ބައްލަވާލައްވައިފި ނަމަ [އެއީ] އަޅުގަނޑު ބަހުސްގައި ބައިވެރިވެ ދައްކާ ވާހަކައެއް ނޫންކަން ސާފުވެވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު މިމޭރުމުން ވާހަކަ ދެއްކެވީ ބަހުސްގައި ބައިވެރިވެވަޑައި ގަންނަވަން އެދިވަޑައި ގަންނަވާ ނަމަ މަޖިލީހުގެ ގަވައިދަށް އެ ބަދަލު ގެންނަން ފެނިވަޑައިގަންނަވާ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ވިދާޅުވުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
