މާލެ: 31°C

ނަޝީދު ތުހުމަތުކުރެއްވީ އެމްޑީޕީ އެހެން ޕާޓީއަކަށް ހައްދަވަން ރައީސް ސޯލިހު އުޅުއްވާ ކަމަށް!

December 29, 2022
2 ފަހަރު ބަލާފައި
ނަޝީދު ތުހުމަތުކުރެއްވީ އެމްޑީޕީ އެހެން ޕާޓީއަކަށް ހައްދަވަން ރައީސް ސޯލިހު އުޅުއްވާ ކަމަށް!
ނަޝީދު ތުހުމަތުކުރެއްވީ އެމްޑީޕީ އެހެން ޕާޓީއަކަށް ހައްދަވަން ރައީސް ސޯލިހު އުޅުއްވާ ކަމަށް!
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުޅުއްވަނީ އެމްޑީޕީ ބަދަލުކޮށް އެހެން ޕާޓީއަކަށް ހައްދަަވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ރޭ ތުހުމަތުކުރައްވައިފި އެވެ. އަންނަ ޖެނުއަރީ މަހު އެމްޑީޕީން ބާއްވާ ރިޔާރީ ޕްރައިމަރީއަށް ކެމްޕޭންކުރެއްވުމަށް ސަލްޓަން ޕާކްގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީން 39،000 މީހުން ވަކިކުރީ އެމްޑީޕީ އެހެން ޕާޓީއަކަށް ހެދުމުގެ ނިޔަތުގައި ކަމަށެވެ. އެމަނިކުފާނު މިހެން ތުހުމަތުކުރެއްވި ނަމަވެސް އެމްޑީޕީގެ ދަފުތަރުން 39،000 އަށް ވުރެ ގިނަ ބަޔަކު އުނިކުރީ އެޕާޓީގެ ދަފުތަރު އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރާ އެއްގޮތް ކުރަން ގައުމީ މަޖިލީހުން ނިންމި ނިންމުކާ ގުޅިގެންނެވެ. އެމްޑީޕީގެ އެތެރޭގެ ދަފުތަރާއި އީސީގައި އޮންނަ އެޕާޓީގެ ދަފުތަރު އެއްގޮތް ކުރަން ނިންމައި، އީސީގެ ދަފުތަރުގައި ނެތް މެމްބަރުން އަލުން ފޯމު ފުރަން ވެސް އެމްޑީޕީން އެދުނެވެ. އެކަމަށް ތިން މަސް ދުވަސް އޭރު ދިނެވެ. "ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމު، މިދިޔަ ފަސް އަހަރު ދުވަހު މަސައްކަތް ކުރައްވަމުން ގެންދެވީ މިޕާޓީގެ ވަރަށް ގިނައަދަދެއްގެ މެމްބަރުންނާއި އަދި އަޅުގަނޑު އެއްކައިރިކޮށް ބާކީ ކުރުމަށް.  އެބޭފުޅުންގެ ވިސްނުމަކަށްވީ އެމްޑީޕީގެ ލޯގޯއާއި އެމްޑީޕީގެ ނިޝާނާއި އެމްޑީޮޕީގެ ކުލަޔާއި އެމްޑީޕީގެ ޖޯޝު، އެބޭފުޅުން ބޭނުންކުރައްވައިގެން، މިޕާޓީގެ އެތެރެ ބަދަލުކުރަން،" ނަޝީދު ތުހުމަތު ކުރެއްވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުން ތިއްބެވީ އެ ޕާޓީ އެގޮތަށް ބަދަލުވާން ދޫކުރާ ގޮތަކަށް ނޫނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހު ވާދަކުރައްވާ ނަމަ ރިޔާސީ އިންތިހާބުގައި އެޕާޓީއަށް ލިބޭނެ ވޯޓު މަދުވާނެތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ