
ނަޝީދު ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ފަށްޓަވަނީ
ނަޝީދު ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ފަށްޓަވަނީ
ލިޔުން:
އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޓަކައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕޭން އަންނަ ހުކުރު ދުވަހު ފަށްޓަވަން އެމަނިކުފާނު ނިންމަވައިފި އެވެ.
ނަޝީދުގެ އަރިސް ބޭފުޅަކު މިއަދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ކެމްްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާ ބާއްވާނީ އަންނަ ހުކުރުދުވަހުގެ ރޭ ގދ. ތިނަދޫގަ އެވެ. ޕްރައިމަރީއަށް އެމަނިކުފާނު ކުރައްވާ ކެމްޕޭންގެ މުއާމަލާތްތައް ކުރަން އަރިސް ބޭފުޅުން މިހާރު ވަނީ ވަޓްސްއެޕް ގްރޫޕެއް ވެސް ހައްދަވައިފަ އެވެ. އެ ގްރޫޕްގެ ކަންތަައްތައް އިސްވެ ބަލަހައްޓަވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އެވެ. އީވާ އަކީ ނަޝީދުގެ ތިމާގެ ވެސް ބޭފުޅެކެވެ.
ރިޔާސީ ރޭހަށް ނުކުމެވަަޑައިގެންނެވުމަށް ޓަކައި އެެމްޑީޕީގެ ޕްރައިމަރީގަައި ވާދަކުރައްވާނެ ކަން ނަޝީދު ވަނީ މިދިޔަ އަހަރު އިއުލާނުކުރައްވައިފަ އެވެ. އޭގެ ފަހުން އެކި އެކި ފޯރަމްތަކުގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެސް އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ގޯސްވެފަ އެވެ. އެއީ ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އެކި އެކި މައްސަލަތަކުގައި ފާޅުގައި ސަރުކާރަށާއި ރައީސް ސޯލިހަށް ފާޑުވިދާޅުވާން ފެއްޓެވުމުންނެވެ.
އެމްްޑީޕީގެ ރިޔާސީ ޕްރައިމަަރީ ބާއްވާނީ އަންނަ އަހަރު ކަމަށް އެޕާޓީން ކުރިން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
