މާލެ: 31°C

ނަޝީދު މާދަމާ ރޭ ޑިމޮކްރެޓްސް އަށް ސޮއި ކުރަނީ

ނަޝީދު މާދަމާ ރޭ ޑިމޮކްރެޓްސް އަށް ސޮއި ކުރަނީ
July 4, 2023
2 ފަހަރު ބަލާފައި
ނަޝީދު މާދަމާ ރޭ ޑިމޮކްރެޓްސް އަށް ސޮއި ކުރަނީ
ދަ ޑިމޮކްރެޓްސް އުފެއްދުމަށް މާދަމާ ރޭ ބާއްވާ ޖަލްސާގައި، އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި މުހައްމަދު ނަޝީދު ޕާޓީ އަށް ސޮއިކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައި ގިޔާސުއްދީން ސްކޫލު ހޯލުގައެވެ. އެ ޕާޓީގެ މެންބަރުންނަށާއި ތާއިދު ކުރައްވާ ފަރާތްތަކަށް ވަނީ ޖަލްސާއަށް އައުމަށް ދައުވަތު އަރުވާފައެވެ. އަދި މިއީ ޑިމޮރެކްޓްސްގެ ހަރަކާތެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ އިވެންޓެވެ. ނަޝީދު ވަނީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވާ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ ޕާޓީއަށް ހުއްދަ ދޭން ނިންމީ, އެކަމަށް އީސީން ބާއްވަން ޖެހޭ ބައްދަލުވުން ކޯރަމް ހަމަނުވެގެން ނުބޭއްވިގެން މައްސަލަ ހޫނުވެފައި ވަނިކޮށް އޮންލައިންކޮށް އެ ކޮމިޝަނުގެ މެންބަރުންނަށް ގުޅާ މަޝްވަރާ ކުރުމަށްފަހު އެވެ.

ޑިމޮކްރެޓްސް އުފައްދަން ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް އީސީ އަށް ހުށަހެޅީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ