މާލެ: 31°C

ނަޝީދުގެ ވެރިކަމުގައި ދަތިކަން އައި ވަގުތު ކަންކުރި ގޮތަށް ރައީސް ފާޑުވިދާޅުވެއްޖެ

January 17, 2023
2 ފަހަރު ބަލާފައި
ނަޝީދުގެ ވެރިކަމުގައި ދަތިކަން އައި ވަގުތު ކަންކުރި ގޮތަށް ރައީސް ފާޑުވިދާޅުވެއްޖެ
ނަޝީދުގެ ވެރިކަމުގައި ދަތިކަން އައި ވަގުތު ކަންކުރި ގޮތަށް ރައީސް ފާޑުވިދާޅުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި އިރު ދުނިޔެއަށް ކުރިމަތިވެފައި އޮތް ފައިނޭންޝަލް ކްރައިސިސްގައި އެމަނިކުފާނުގެ ސަރުކާރުން ކަންތައްތައް ކުރި ގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފާޑުވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ހއ. ކެލާގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ 2008 ވަަނަ އަހަރާއި 2009 ވަނަ އަހަރު ދުނިޔޭގެ މާލީ ބާޒާރަށް ދިމާވި މައްސަލައާ ހެދި ރާއްޖެއަށް ކުރިމަތިވި އުނދަގުލުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރި ކަމަށާއި މުވައްޒަފުން ވެސް މަދުކުރި ކަމަށެވެ. ރައްޔިތުން ތަކުލީފު އުުފުލަން ޖެހޭ އެތައް ކަމެއް ސަރުކާރުން އޭރު ކުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އެއީ އަކީ އެއް އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން އިންތިހާބުކުރާ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގައި ކަންކުރަން ޖެހޭނެ ގޮތެއް ނޫން. އެފަދަ ދަނޑިވަޅުތަކުގައި ރިސްކް ނަގަން ޖެހޭނީ ސަރުކާރުން. އަޅުގަނޑުމެން މިގެންދަނީ އެކަން ކުރަމުން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވި ފައިނޭންޝަލް ކްރައިސިސްގައި ރާއްޖެއަށް ދިމާވި މާލީ މައްސަލަ ހައްލުކުރަން ނަޝީދުގެ ސަރުކާރުން ބައިވެރިވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޕްރޮގްރާމެއްގަ އެވެ. އައިއެމްއެފްގެ އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވެއްޖެ ނަމަ އަމަލުކުރަން ޖެހޭނީ އެޖަމާއަތުން ދޭ ލަފަޔާ އެއްގޮތަށެވެ. އެ ޖަމާއަތުން އޭރު ލަފާ ދިނީ ދައުލަތުގެ މުވައްޒަފުންގެ އަދަދު މަދުކުރާށާއި މުވައްޒަފުންގެ މުސާރަޔާއި އިނާޔަތްތައް ކުޑަކުރުމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ، ދުނިޔޭގެ އިގުތިސާދު ގާތްގަނޑަކަށް ހުއްޓުމަކަށް އައުމުން ވެސް ބައެއް ގައުމުތަކުން އައިއެމްއެފްގެ ޕްރޮގްރާމްތަކުގައި ބައިވެރި ވި އެވެ. އެހެން ނަމަވެސް ރައީސް ސޯލިހު ނިންމެވީ އެފަދަ ޕްރޮގްރާމެއްގައި ރާއްޖެ ބައިވެރި ނުކުރުމަށެވެ. މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި އިނާޔަތްތައް ކުޑަކުރަން އައިއެމްއެފާއި ވޯލްޑްބޭންކުން އޭރު ދިން ލަފަޔަށް ވެސް ސަރުކާރުން އަމަލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ސަރުކާރުން ކުރި ކަމަކީ އެމްއެމްއޭގެ ޕަބްލިކް އެކައުންޓު އޯވަ ޑްރޯ ކުުރުން ނުވަތަ ފައިސާ ޗާޕުކުރުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ