"އެއްވެ އުޅުމުގެ މިނިވަންކަމާއި ގުޅޭ ބިލް އޮތީ 241 ކޮމިޓީގައި، އެއީ ރައިސުލްޖުމްހޫރިއްޔާއަށް ތާއީދު ކުރައްވާ މެމްބަރުންގެ އަގުލަބިއްޔަތު އޮންނަ ކޮމެޓީއެއް، އެހެން ވީމަ ހަމަ އަޅުގަނޑަށް އެކަން ނުވެފައި މި އޮތީ، އަޅުގަނޑު އުންމީދު ކުރަން އަދިވެސް އެ ކޮމެޓީގައި ތިއްބެވި މެމްބަރުން އެހެން ގޮތަކަށް އަމަލު ކުރައްވާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އުޅުން ހަނިކުރާ މާއްދާ އުވައިލާ ބިލު އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި މަޖިލީހުން އެ ބިލު ފާސްކުރީމާ އެކަން ނިމެނޭ ކަމަށެވެ. https://minivan.mv/77000/
ނަޝީދުގެ ތުހުމަތު: އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު ކުރިއަށް ނުގެންގޮސް އޮތީ ސަރުކާރުގެ ބޭނުމަށް!

ނަޝީދުގެ ތުހުމަތު: އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު ކުރިއަށް ނުގެންގޮސް އޮތީ ސަރުކާރުގެ ބޭނުމަށް!
ލިޔުން:
ސުލްހަވެރިކަމާއި އެކު އެއްވެ އުޅުން ހަނިކުރާ މާއްދާ އުވާލުމަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުން މަޖިލީހުގެ ކޮމެޓީ ސްޓޭޖްގައި ކުރިއަށް ނުގޮސް ތިން އަހަރުވަންދެން އޮތީ ސަރުކާރުގެ ބޭނުމަކަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ނޫން ސަރަހައްދަކަށް އެއްވެ އުޅުން މަނާ ކުރީ އޯގަސްޓް 17، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އެއިރުގެ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ މާއްދާ އުނިކުރުމަށް، އޭނާ ޑީއާރުޕީގެ ނައިބު ލީޑަރުކަމާއި ގުޅުމަށްފަހު، އެޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ނަމުގައި މަޖިލީހަށް 2019 ވަނަ އަހަރުގެގެ ފަހުކޮޅު ހުށަހެޅި އެވެ.
އެއްވެ އުޅުނު ހައްގުތަކުގެ މައްޗަށް ފެށުނީއްސުރެވެސް ވަކާލާތު ކުރަމުންދާ އެމްޑީޕީގެ ވެރިކަން ނިމެން ދާއިރު، އެ ޕާޓީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮވެމެ، އެ މާއްދާ ވަކި ނުކުރެވި އޮތް އޮތުމާއި ގުޅިގެން ނޫސްވެރިއަކު ސުވާލުކުމުން މިއަދު ރައީސް ނަޝީދުގެ ތުހުމަތުގެ އިނގިލިތައް އަމާޒު ކުރެއްވީ ސަރުކާރަށެވެ.
އެމަނިކުފާނު ވިދާޅުވާ ގޮތުން ހުރަސްތައް ކުރިމަތި ކުރުވަނީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
