
ނަޝީދުގެ ޓީމުން އަދިވެސް ނަތީޖާ ދިރާސާކުރަނީ!
ނަޝީދުގެ ޓީމުން އަދިވެސް ނަތީޖާ ދިރާސާކުރަނީ!
ލިޔުން:
އެމްޑީޕީން މިއަދު ބޭއްވި ރިޔާސީ ޕްރައިމަރީގެ ނަތީޖާ ޝީޓުތައް ދިރާސާކުރަމުން އަންނަ ކަމަށާއި ގިނަ ފޮށިތަކުން ކުރީގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމަނިކުފާނުގެ އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފި އެވެ.
ނަޝީދުގެ ޓީމުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ނަޝީދުގެ ވާދަވެރިޔާ (ރައީސް އިބްރާހީމް މުހައްމަދު ސޯލިހު) ކުރި ހޯއްދަވާފައި ވަނީ އާދަޔާ ހިލާފަށް ވޯޓުލާފައިވާ ވަކި، މަދު ފޮށިތަކަކުން ކަމަށެވެ.
"... ރައީސް މުޙައްމަދު ނަޝީދުގެ ކެންޕެއިންގެ ފަރާ ތުން މިދަނީ ނަތީޖާ ޝީޓުތައް ރަނގަޅަށް ބަލައި، ދިރާސާކުރަމުންނެވެ. ގިނަ ވޯޓް ފޮށިތަކުން ރައީސް މުޙައްމަދު ނަޝީދު އޮތީ ކުރީގައިނަމަވެސް، ވާދަވެރިޔާ ކުރިހޯދާފައިވަނީ އާދަޔާ ޚިލާފަށް ވޯޓްލާފައިވާ ވަކި މަދު ފޮށިތަކެއްގެ ސަބަބުން ކަން ފާހަގަވަމުންދެއެވެ،" ނަޝީދުގެ ކެމްޕޭނުން ނެރުނު ކުރު ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި މިހެން ބުނި އިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިއަދު ބެހެއްޓި 249 ފޮށީގެ ތެރެއިން މިހާރު ގުނައި ނުނިމި ހުރީ ވަރަށް މަދު އަދަދެއްގެ ފޮށިތަކެވެ. މިހައިތަނަށް ގުނައި ނިމުނު ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވޯޓުގެ 60 ޕަސެންޓަށް ވުރެ ބޮޑުބައި ކާމިޔާބުކުރައްވައިފަ އެވެ.
އެހެންވެ، މި އިންތިހާބުގެ ނަތީޖާއަށް ދެން މާބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ އިރު ބައެެއް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ރައީސް ސޯލިހަށް މަރުހަބާ ވެސް ކިޔައިފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ބޭއްވި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔަ އިރު ވޯޓުލީ ބައެއް މަރުކަޒުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައިި ވޯޓުލުން މެދުކަނޑައިލަން ވެސް ޖެހުނެވެ. އެގޮތުން ބައެއް މަރުކަޒުތަކުގައި ބެހެއްޓި ވޯޓުފޮށިތައް ވެސް ހަލާކުރި ކުރި އިރު އެ ހަމަނުޖެހުންތަކާ ގުޅިގެން ތިން މީހަކު ހައްޔަރުކުރި އެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނިކޮށް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބައެއް ޓްވީޓެއްގައި ވިދާޅުވީ ބައެއް ވޯޓުފޮށިތަކުގެ ކައިރީގައި އެމަނިކުފާނުގެ ފަރާތްޕުޅުން ތިބި އޮބްޒާވަރުންނާއި ތާއީދުކުރާ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
