"...މިޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ބުރަ މަސައްކަތާއި ގަދަ ހިތްވަރުން 2018 ގައި ނުކުމެ، ބަދަލުކުރާން ވޯޓުލީ އެތައް ކަމެއް އަލުން އަނބުރާ އިއާދަކުރަމުންދާ ކަމުގެ ކަންބޮޑުވުން މިޕާޓީގެ ވަރަށް ގިނަ މެމްބަރުން ފާޅުކުރަމުން އެބަ ގެންދެ އެވެ،" ނަޝީދު ކެމްޕޭނުގެ ބަޔާނުގައި ބުންޏެވެ.ދައުލަތުގެ މުވައްޒަފުންނަށް ދަތިކުރާ ކަމަށާއި ބިރުދައްކާ ކަމަށް ބުނެ "މެމްބަރުން" ޝަކުވާ ކުރާ ކަމަށް އެ ބަޔާނުގައި ބުނި ނަމަވެސް އެގޮތަށް ކަންތައްކުރީ ކޮންކޮން ރަށްރަށެއްގައި ނުވަތަ ކޮންކޮން އިދާރާތަކަކުން ކަމެއް އެބަޔާނުގައި ބުނެފައެއް ނެތެވެ. އެހެންވެ، މިކަމާ ބެހޭ ގޮތުން ސަރުކާރުގެ ބަހެއް އަދި ވަނީ ނުހޯދި އެވެ. އެ ބަޔާނުގައި ބުނީ ބިރުދެއްކުމުގެ އަމަލުތަކާއި ސަރުކާރުން ނާޖާައިޒް ނުފޫޒު ބޭނުންކުރުމުގެ އަމަލުތަކަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން، އޭރު އޮތް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ "ޑީއާރުޕީގެ ސަރުކާރުން" ފެށިގެން އައިސްފައިވާ ކަންތައްތައް ކަމަށެވެ. އެކަން ނައްތައިލީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން (ނަޝީދުގެ ސަރުކާރުން) ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ނަޝީދުގެ ސަޕޯޓަރުންނަށް ސަރުކާރުން ދަތިކުރާކަމުގެ ތުހުމަތުތަކެއް!

ނަޝީދުގެ ސަޕޯޓަރުންނަށް ސަރުކާރުން ދަތިކުރާކަމުގެ ތުހުމަތުތަކެއް!
ލިޔުން:
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތް ގޮތުން ދަތިކުރާ ކަމަށް ނަޝީދުގެ ކެމްޕޭންޓީމުން ތުހުމަތުކޮށްފި އެވެ.
ނަޝީދުގެ ކެމްޕޭން ޓީމުން މިިއަދު ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ އެކިއެކި ވަޒީފާތަކުގައި ތިބި ނަޝީދުގެ ސަޕޯޓަރުން، އެމީހުން ވަޒީފާ އަދާކުރާ ރަށް ނޫން އެހެން ރަށަރަށް ބަދަލުކުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އޭގެ ބޭނުމަކީ އެމީހުން ނަޝީދަށް ވޯޓުލުމުން މަހުރޫމުކުރުމާއި އެމީހުންގެ ރަށްރަށުގައި ނަޝީދަށް މަސައްކަތްކޮށްދިނުމުން ދުރުކުރުން ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައި ވެ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ދެމުން އަންނަ ކަމަށް ބުނެ ބިރުދައްކާ ކަމުގެ ޝަކުވާ ލިބޭ ކަމަށް ވެސް ނަޝީދުގެ ކެމްޕޭންޓީމުގެ ބަޔާނުގައި ބުންޏެވެ.
ތުހުމަތުތަކާ އެކު އެ ބަޔާނުގައި ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އެކަންތައްތަކެއް ބަދަލުކުރަން ވޯޓުލީ އެތައް ކަމެއް އިއާދަކުރާކަމުގެ ކަންބޮޑުވުން އެމްޑީޕީގެ މެމްބަރުން ފާޅުކުރަމުން ދާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
