ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުން އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްްވައިފި

ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުން އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްްވައިފި
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުން ކުރަމުން ގެންދާ ހަރަދުގެ ވާހަކަ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމު ( އަނދުން ހުސައިން) ވާހަކަ ދެއްކެވުމުން އެމަނިކުފާނު މިއަދު ކަންބޮޑުވުން ފާޅުުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސެކިއުރިޓީއަށް މިއަހަރުގެ ބަޖެޓްގައި ވެސް 23 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް އެކަން އޮތް އިރު މަޖިލީހުގެ ރިޔާސަތުން ވެސް އަމަލުކުރަމުން ގެންދަނީ ސަރުކާރަށް ޖެއްސުމަށް ވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ހިތާމައަކީ މިއަދު ދައުލަތުން 23 އަކަށް މިލިޔަން ރުފިޔާ މިއަހަރުގެ ބަޖެޓްގައި ވެސް ހިމެނިގެން އިއްޒަތްތެރި ރައީސްގެ ސެކިއުރިޓީއަަށް ޓަަކައި ވެސް އަޅުގަނޑުމެން މިއޮތީ ފާސްކޮށްފައި. އަޅުގަނޑުމެންނަށް ފެންނަނީ ރިޔާސަތުން ވެސް ސަރުކާރަށް ޖެއްސުންވާ ގޮތަށް ފުރައްސާރަވާ ގޮތަށް ކަންކަން ކުރަމުން އަންނަ ތަން،" ހުސައިން ވިދާޅުވި އެވެ.
އޭނާ އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަން ފެށްޓެވުމުން، ނިޒާމާ ބެހޭ މައްސަލައެއް ކަަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ މަޖިލީހުގެ ރައީސްގެ ސެކިއުރިޓީ އާ ދޭތެރޭ ޝައްކު އުފެދޭ ގޮތަށް ދައްކަވާ ވާހަކައާ ދޭތެރޭ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ. އަދި އެއީ ނިޒާމާ ބެހޭ ވަަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން ވިދާޅުވުމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ ސެކިއުރިޓީއަށް ބުރޫ އަރާ ގޮތަށް މެމްބަރު ހުސައިން ޝަމީމް ވާހަކަ ނުދެއްކެވުން އެދިވަޑައިގަންނަވާ ކަމަށެވެ.
ދެވަަނަ ފަހަރަށް ހުސައިން އެ ވާހަކަ ކުރިއަށް ގެންދަވަން ފެށްޓެވުމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް "މަރައިލުމަށް މާލޭގެ މެދުގައި ބޮމެއް ގޮއްވާލާފައިވާކަން" މެމްބަރަށް އެނގިވަޑައިގަންނަވާނެ ކަަމަށެވެ.
"މި ހާލަތު މިހެން އޮތް އިރުގައި ސެކިއުރިޓީގެ ވާހަކަ ދިގުކޮށް ދައްކަވާ ދެއްކެވުން އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި ވަރަށް ކަންބޮޑުވުން އިތުރުވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ ނަޝީދުގެ ސެކިއުރިޓީގެ ވާހަކަ ދައްކަވަނީ އެމަނިކުފާނުގެ ސަލާމަތާ މެދު ކަންބޮޑުވާތީ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
