ނަޝީދު އެދިވަޑައިގެންނެވީ ފައިސާގައި ހިފާފައި އެމަނިކުފާނަށް ދޭން!

ނަޝީދު އެދިވަޑައިގެންނެވީ ފައިސާގައި ހިފާފައި އެމަނިކުފާނަށް ދޭން!
ލިޔުން:
އަންނަ ހޮނިހިރު ދުވަހު ބާއްްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީފައި ވޯޓު ގަތުމަށް ފައިސާ ބަހާނެ ކަމަށާއި އެމަނިކުފާނަށް ތާއީދުކުރާ މީހުން އެ ފައިސާގައި ހިފަން އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ކަޅުދަބަސް ހިފައިގެން ރައްރަށުގައި ފައިސާ ބަހަން މީހުން އުޅޭނެ ކަމަށާއި އެކަމަށް އެއްވެސް ބޭފުޅަކު ކަންބޮޑުވެވަޑައި ނުގެންނެވުމަށެވެ. އިންތިހާބަށް ފައިސާ ބަހަން ރަށްރަށުގައި އުޅެނީ ކޮންބައެއް ކަން ރައްޔިތުންނަށް އެނގޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ވޯޓު ގަންނަން ފައިސާ ދޭ ފަރާތްތަކުން ހުށަހަޅާ ވަރަށް ވުރެ އިތުރުކުރަން ވާހަކަ ދައްކަން ވެސް ނަޝީދު އެދިވަޑައިގެންނެވި އެވެ.
"މިވޯޓު ގަތުމަށް އަޅުގަނޑުގެ ވާދަވެރިން ތިޔަ ބޭފުޅުންނަށް ފައިސާ ދޭނެ. އަޅުގަނޑަށް ފެންނަނީ އެ ފައިސާ ހިއްޕަވަން. ދެބައިކުޅަ އެއްބައި ނަމަވެސް ، ސެޕްޓެމްބަރު ނުވައެއްގެ އިންތިހާބަށް [ރިޔާސީ އިންތިހާބަށް] އަޅުގަނޑުމެނަށް އަލުން އަނބުރާ ދެއްވުން ވަރަށް ބޮޑަށް އެދެން. އަޅުގަނޑަށް،" ނަޝީދު ވިދާޅުވި އެވެ.
އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންނަށް އެމަނިކުފާނު ވިދާޅުވި ވާހަކަ އެކެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވިއްޖެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ ތަކުރާރުކުރައްވަމުން ނަޝީދު ވިދާޅުވި ގޮތުގައި ވޯޓު ގަންނަން ދޭ ފައިސާ ހިފާފައި އެމަނިކުފާނަށް ދޭން އެދިވަޑައިގަންނަވަނީ އިންތިހާބުތަކަކީ ހަރަދުތަކެއް ހިނގާ ކަމަކަށް ވާތީ އެވެ.
"ދެން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މަތިންދާބޯޓު ޓިކެޓެއް ގެސް އަގު، ލޯންޗް ދަތުރެއްގެ ވެސް އަގު. އިންތިހާބުތަކަކީ ހަރަދު ހިނގާ ކަމެއް. އެހެންވީމާ މިފަހަރު އިރާދަކުރެއްވިއްޔާ ވަރަށް ރަނގަަޅަށް މި ދިމާވީ. އަޅުގަނޑުމެނަށް ޕްރައިމަރީން ދެކަމެއް ވެއްޖެ، އެއީ ޓިކެޓް ލިބުމާ އަދި ހަރަދުވެސް ލިބުން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެއްޓެވި ފަހުން ނަޝީދު ގެންދަވަނީ އެމަނިކުފާނާ ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ކެމްޕޭން ޓީމަށް އެކިއެކި ތުހުމަތުތައް ކުރައްވަމުންނެވެ. ފައިސާ ބަހާނެ ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތަކީ އެ ސިލްސިލާގެ އެންމެ ފަހު ތުހުމަތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
