"އެމްޑީޕީ ހަދާފައި އެއޮތީ ވެސް ހަގީގަތުގައި މީހަކު ޖާގަދީގެނެއް ނޫން. އަޅުގަނޑުމެން ހަދަ ހެދި ޕާޓީއެއް އެއީ. އަޅުގަނޑުމެންގެ ފިކުރެއްގެ ދިރުމުގެ ގޮފި، އެމްޑީޕީ ތެރޭގައި ހެދުން ހުއްޓުވޭނެ އެއްވެސް ގޮތެއް ވެސް ނޯންނާނެ. އެއީ އަޅުގަނޑުމެން އަމިއްލައަށް ހިންގާ އަޅުގަނޑުމެންގެ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.ސަޕޯޓަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވީ ފިކުރެއްގެ ދިރުމުގެ ނަމުގައި ހުރިހާ ރަށެއްގައި ހިންގާ ގޮފިތަކަށް ޖުމްލަ 50،000 މީހުން ވައްދަން މަސައްކަތް ކުރުމަށެވެ. އެކަމަށް ޓަކައި ވަކި ސެކްރެޓޭރިއަޓެއް އުފައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ގޮފިތަކަށް މީހުން ވެއްދުމުގެ މަސައްކަތް އަންނަ ޖުލައިމަހާ ހަމައަށް ކޮށްފައި، ރިޔާސީ އިންިތހާބުގައި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ވިސްނާނީ ގޮފިތަކުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑު އުއްމީދުކުރަން 50،000 އެމްޑީޕީ މެމްބަރުން މި ގޮތްޕަށް ވަންނާނެ ކަމަށް. އަދި އެ ގޮފިން ދެން ފަހުގެ ތާރީހެއްގައި އަޅުގަނޑުމެން ވިސްނަން، ކޮބައިތޯ ޕާޓީއަށް އެންމެ ރަނގަޅަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވެން އޮތް ގޮތަކީ. އެ ގޮތެއް އަޅުގަނޑުމެން އެއިރުގައި ނިންމާނީ. މިހާރު އަޅުގަނޑުމެން ކުރަންވީ މަަސައްކަތަކީ މި ގޮތްޕަށް މީހުން ވެއްދޭތޯ ބެލުން،" ނަޝީދު ވިދާޅުވި އެވެ. ފިކުރެއްގެ ދިރުމުގެ ނަމުގައި ހިންގާ ގޮތްޕަށް ވައްދަން ނަޝީދު އެދިވަޑައިގެންނެވީ ވަކި ޝަރުތުތަކެއް ހަމަވާ މީހުންނެވެ. އެ ޝަރުތަކީ "ސަރުކާރަށް ބަރޯސާވާ ނުޖެހޭ، އަމިއްލަ މަސައްކަތުން އުޅޭ" މީހަކަށް ވުމެވެ. "އަޅުގަނޑު ބޮޑަށް ބަލަން ބޭނުންވަނީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ، އަދި އެހާ ބޮޑަށް ސަރުކާރަށް ބަރޯސާވާން ނުޖެހޭ މީހުން މި ގޮތްޕަށް ވަންނަމުން ދިއުން. އަޅުގަނޑުމެންގެ ހުރިހާ ސިޔާސަތެއް މިހުރީ ވިޔަފާރި ކުރިއަރުވައިދޭށާ މިކަހަލަ އެންޓަޕްރައިޒްގެ ކަންތައްތައް ކުރިއަށް ގެންގޮސްދޭން،" ނަޝީދު ވިދާޅުވި އެވެ. ދަންނަ ހަމަ އެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެެއީ ރޫޅޭނެ ޕާޓީއެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަދި އެއީ އަޅުގަނޑު އެޕާޓީ ދޫކޮށްފައި ދާން ދުވަހަކު ވެސް ގަސްދުކުރާ ޕާޓީއެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ. ޕްރައިމަރީގެ ނަތީޖާއާ މެދު ހިޔާލުފާޅުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ އިންތިހާބަށް ނުކުތް އިރު އެމަނިކުފާނުގެ ވާދަވެރިން ވަނީ ވޯޓުދޭ ވަކި ލިސްޓެއް ތައްޔާރުކޮށްފައި ކަމަށާއި އެ ލިސްޓްގައި ޕާޓީގެ 39،000 މީހުން ނުހިމެނޭ ކަމަށެވެ. އެހެން ނަމަވެސް ކުރިމަތިލެއްވީ އެ ލިސްޓް އޮތް ކަން އެނގިވަޑައިގެން ހުންނަވާ، އެ ލިސްޓާ އެކުގައި ވެސް މޮޅުވުމުގެ ފުރުސަތު ބޮޑުކަމަށް ދެކެވަޑައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ދެކެވަޑައިގެންނެވީ "ކެންޑިޑޭޓް ގަބޫލުނުކުރާ ގޮފި" އެމްޑީޕީގެ ތެރޭގައި ހިންގޭނެކަމަށް!

ނަޝީދު ދެކެވަޑައިގެންނެވީ "ކެންޑިޑޭޓް ގަބޫލުނުކުރާ ގޮފި" އެމްޑީޕީގެ ތެރޭގައި ހިންގޭނެކަމަށް!
ލިޔުން:
އެމްޑީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަލައި ނުގަންނަ ވިސްނުމެއްގައި ކުރިއަށް ގެންދާ ގޮފިތަކެއް އެމްޑީޕީގެ އެތެރޭގައި ހިންގެވޭނެ ކަމަށް ދެކެވަަޑައިގަންނަވާ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.
ޕްރައިމަރީގައި ނާކާމިޔާވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ "ފިކުރެއްގެ ދިރުން" މި ނަމުގައި އުފައްދަވަން އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮފިތައް ހިންގަން އެމްޑީޕީގެ ގަވައިދާއި ރޫހާއި އުސޫލުތައް ވެސް ޖާގަ ދޭނެ ކަމަށެވެ. ވަކި ސެކްރެޓޭރިއަޓަކާ އެކު ހިންގަވަން އެމަނިކުފާނު ގަސްދުކުރައްވާ އެ ގޮފިތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރާނެ ކެންޑިޑޭޓެއް ނިންމާނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އަދި މާފަހުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
