މާލެ: 31°C
ނަރުދޫ ސްކޫލުގެ އައު އިމާރާތާއި، މަރުކަޒުގެ އައު އިމާރާތް އަދި ފެނަކަ އިންޖީނުގެ ހުޅުއްވައިދެއްވައިފި

ނަރުދޫ ސްކޫލުގެ އައު އިމާރާތާއި، މަރުކަޒުގެ އައު އިމާރާތް އަދި ފެނަކަ އިންޖީނުގެ ހުޅުއްވައިދެއްވައިފި

August 1, 2023
2 ފަހަރު ބަލާފައި
ނަރުދޫ ސްކޫލުގެ އައު އިމާރާތާއި، މަރުކަޒުގެ އައު އިމާރާތް އަދި ފެނަކަ އިންޖީނުގެ ހުޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިލަދުންމަޑުލު އުތުރުބުރީ، ނަރުދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ، ނަރުދޫ ސްކޫލުގެ 3 ބުރީގެ އައު އިމާރާތާއި، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އަދި ފެނަކަ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ. ރައީސް މި ޢިމާރާތްތައް ހުޅުއްވައި ދެއްވީ، މިހާރު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނުއެވެ. ނަރުދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ، ނަރުދޫ ސްކޫލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ރައީސް ވަނީ އެ އިމާރާތް ބައްލަވާލައްވާފައެވެ. ނަރުދޫ ސްކޫލުގެ ތިންބުރީގެ އައު އިމާރާތުގައި، 6 ކުލާސްރޫމާއި، ސްޓާފް ރޫމަކާއި، ހެލްތް ރޫމެއް އަދި ކޮމްޕިއުޓަރ ލެބެއް ހުރެއެވެ. މި އިމާރާތާއިއެކު ނަރުދޫ ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބި ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވިގެންދާނެއެވެ. ނަރުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު ރައީސް އެ އިމާރާތް ވެސް ބައްލަވައިލެއްވިއެވެ. އެ އިމާރާތުގައި އިދާރީ އޮފީހާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ކައުންސެލިންގ ރޫމްގެ އިތުރުން، މެޑިކަލް ސްޓޯރ އާއި ޖެނެރަލް ސްޓޯރއެއް އަދި ދެ ފާހާނާ ހުރެއެވެ. ރައީސް މިއަދު ހުޅުއްވައިދެއްވި، ނަރުދޫ ފެނަކަ އައު އިންޖީނުގޭގައި، ދަތިކަމެއް ނެތި އެއްފަހަރާ 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި ްއެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ބިނާކޮށްފައި ވާއިރު، އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ، 628 ކިލޯވޮޓްއެވެ. ނަރުދޫގެ ކުރީގެ އިންޖީނުގެއަކީ 31 އަހަރުވެފައިވާ އަދި ރަށުގެ މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ހުރި އިންޖީނުގެއެކެވެ. އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ހިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިމިފައިވާއިރު، ރައީސް ސޯލިހް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ހިދުމަތްތައް ދަނީ އިފްތިތާހް ކޮށްދެއްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ