މާލެ: 31°C

ނަރީޝް އިސްތިއުފާ ދެއްވައިފި

March 12, 2025
189 ފަހަރު ބަލާފައި
ނަރީޝް އިސްތިއުފާ ދެއްވައިފި
މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ މެމްބަރުކަމުންނާއި، މާލެ ސިޓީ ޑެޕިއުޓީ މޭޔަރ ކަމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ މެމްބަރުކަމުންނާއި، މާލެ ސިޓީ ޑެޕިއުޓީ މޭޔަރ ކަމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާގެ ސިޓީގައި ނަރީޝް ވިދާޅުވީ މޭޔަރ ކަމުން އިސްތައިފާ ދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމާ ގުޅިގެން ކަމަށެވެ.

ނަރީޝް ވިދާޅުވީ ކައުންސިލްގައި ހޭދަކުރި މުއްދަތުގައި އެކި ދާއިރާތަކުން ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުންނާއި، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްގެ އަރިހުން ވަރަށް ގިނަ ކަންތައްތައް ދަސްވި ކަމަށާއި، އެކަންކަމަށް ޝުކުރުވެރިވާ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރެއްވި މުއްދަތުގައި ކައުންސިލުގެ ފަރާތުން ދަސްވި ފިލާވަޅުތަކަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެންދާނެ އިތުރު ހަކަތައަކަށްވާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް މާލެގެ ޑެޕިއުޓީ މޭޔަރ ކަމަށް އިންތިހާބު ވެފައިވަނީ 2021 ވަނަ އަހަރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ