މާލެ: 31°C
"ނަމޫނާ ކާފަ"ގެ މަގާމު ހާސިލުކުރެއްވި ސައީދު އަވަހާރަވެއްޖެ

"ނަމޫނާ ކާފަ"ގެ މަގާމު ހާސިލުކުރެއްވި ސައީދު އަވަހާރަވެއްޖެ

February 14, 2024
4 ފަހަރު ބަލާފައި
"ނަމޫނާ ކާފަ"ގެ މަގާމު ހާސިލުކުރެއްވި ސައީދު އަވަހާރަވެއްޖެ
ނަމޫނާ ކާފަގެ މަގާމު ހާސިލު ކުރެއްވި ހ.ރީތިގަސްދޮށުގެ, ސައީދު ހުސައިން އަވަހާރަވެއްޖެ އެވެ. ސައީދު ވަނީ 2007 ވަނަ އަހަރު ދައުލަތުގެ މީޑިއާ، ޓީވީއެމްއިން ގެނެސްދިން ލާމަސީލު މާމަ، ކާފަ ޕްރޮގްރާމުން ނަމޫނަ ކާފަގެ މަގާމު ހާސިލު ކުރައްވާފައެވެ. މީގެ އިތުރުން ސައީދު ވަނީ 2006 ވަނަ އަހަރު  ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމް ވެސް ހާސިލްކުރައްވާފައެވެ. ސައީދު އެ އިނާމް ހާސިލްކުރެއްވީ ފެހުމުގެ މަސައްކަތުގެ ދާއިރާއިންނެވެ. އިނާމް ލިބިވަޑައިގެންނެވިއިރު ފެހުމުގެ މަސައްކަތް ކުރައްވާތާ 37 އަހަރު ވަނީވެފައެވެ. އޭނާ އަކީ މީހުންނަށް ފެހުމުގެ މަސައްކަތް ދަސްކޮށްދެއްވުމުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެއްވެސްމެއެވެ. މީގެ އިތުރުން ބައެއް ރިސޯޓްތަކުގައި އަމިއްލަ ގެސްޓް ޝޮޕްތައް ހިންގަވައި، ޓޫރިސްޓުންނަށް ބޭނުންވާ ބައެއްކަހަލަ ހެދުންތައް ފައްސަވައި، އެ ފިހާރަތަކަށް ފޮނުއްވެވިއެވެ. އަދި ސަރުކާރުން ގަބޫލުކުރާ ފެންވަރަށް ލައިފްޖެކެޓް ފެއްސެވުމުގެ މަސައްކަތް އެއް ޒަމާނެއްގައި ހަމައެކަނި ކުރެއްވި ބޭފުޅަކަށް ރާއްޖޭގައި ހުންނެވީ ސައީދު ހުސެއިނެވެ. ސައީދުު އަވަހާރަވި އިރު އުމުރުފުޅަކީ 80 އަހަރެވެ. ސާއިދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ސައީދަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝަހީބުގެ ބައްޕާފުޅެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ