މާލެ: 31°C

ޅ. ނައިފަރުގައި ޑައިލެސިސްގެ ހިދުމަތް ފަށައިފި

January 8, 2023
2 ފަހަރު ބަލާފައި
ޅ. ނައިފަރުގައި ޑައިލެސިސްގެ ހިދުމަތް ފަށައިފި
ޅ. ނައިފަރުގައި ޑައިލެސިސްގެ ހިދުމަތް ފަށައިފި
ޅ. ނައިފަރުގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގައި ޑައިލެސިސްގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ. އެއަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު، ޖައުފަރު އަބްދުﷲ "މިނިވަން" ނޫހާއި ވާހަަކަދައްވަމުން ވިދާޅުވީ އެރަށު ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ޑައިލެސިސް ސެންޓަރުން އެއްފަހަރާއި ތިން މީހުންނަށް ފަރުވާ ދެވޭނެ ކަމަށެވެ. އަދި އެ ހިދުމަތަށް ބޭނުންފުޅުވެ ލައްވާ ބޭފުޅުންނަށް އެ ހޮސްޕިޓަލްގެ ކައުންޓަރަށް ގުޅުމުން އިތުރު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. "މިވަގުތު އެބަތިބި ޓްރެއިންޑް ދެ ނަރުހުން، ލ. އަތޮޅުންވެސް ވަރަށް އަވަހަށް އެބައާދޭ ޑައިލެސިސްއަށް ހާއްސަ ނަރުހެއް، އޭރުން އިތުރު ނަރުހުންވެސް ތަމްރީން ކުރެވިގެން ދާނެ" ޖައުފަރު ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޑައިލެސިސްގެ ހިދުމަތް ނައިފަރުގައި ގާއިމްކުރުމުގެ ކުރިން އެ އަތޮޅާއި، ކައިރި ބައެއް އަތޮޅުތަކުގެ ރަށްތަކުގައި ތިބި މި ހިދުމަތަށް ބޭނުންވާ މީހުން ދެނެގަތުމަށް ސާވޭއެއް ކޮށްފައިވެ އެވެ. އެގޮތުން މީގެ ދުވަސްތަކެއް ކުރިން އެއްކުރެވުނު އެ މައުލޫމާތުން ޑައިލެސިސްގެ ހިދުމަތް ހޯދަމުންދާ ޖުމްލަ 11 މީހެއް ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އަދަދު މިހާރު މާބޮޑަށްވެސް އިތުރުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. މިއަދު އެ ސެންޓަރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަން އިއުލާނުކޮށްފައި ވަނީ އެރަށަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ކެމްޕެއިން ދަތުރުފުޅެއްގައި ވަޑައިގަނެފައި ވަނިކޮށެެވެ. މިމަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންއަށް ފާދިއްޕޮޅުގެ ބައެއް ރަށްތަކަަށް އެމަނިކުފާނު މިއަދު ދަތުރުކުރެއްވި އެވެ. އެގޮތުން ނައިފަރަށް ވަޑައިގެން އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވާ ޑޯޑުޑޯއަށް ހިންގެވި އެވެ. ފަހަކަށް އައިސް ރާއްޖޭގައި ކިޑްނީ ފެއިލްވެ ޑައިލެސިސް ހަދާ މީހުން އިތުރުވެފައިވާ އިރު ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އަތޮޅުތަކުގެ ގިނަ ހޮސްޕިޓަލުތަކުގައި ވެސް އެ ހިދުމަތް ދިނުމަށެެވެ. އެގޮތުން ބ. އޭދަފުއްޓާއި ށ. ފުނަދޫ ހޮސްޕިޓަލުގައި އެ ހިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ. ޑައިލެސިސްގެ ހިދުމަތް މާލޭގެ ބޮޑެތި ހޮސްޕިޓަލުތަކުގައި ދެމުންދާ އިރު އައްޑޫ، ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި ހުންނަ ހޮސްޕިޓަލުން ވެސް އެ ހިދުމަތް ލިބެ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ސިއްހީ މަރުކަޒެއް ގާއިމްކޮށްފައިވަނީ ނައިފަރު ގައެވެ. މިމަރުކަޒު މިހާރު ޒަމާނީ އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރެވިފައި ވާއިރު، ކައިރި އެހެން އަތޮޅުތަކުގެ މީހުން ވެސް މި ހޮސްޕިޓަލުން ހިދުމަތް ހޯދަ އެވެ. ނަމަވެސް ބައެއް ހިދުމަތްތައް ލިބުމުގައި އަދިވެސް ދަތިތައް އެބަހުރި އެވެ. [caption id="attachment_77392" align="aligncenter" width="936"] ޅ. އަތޮޅު ޓާޝިއަރީ ހޮސްޕިޓަލް -- ފޮޓޯ: ޅ. އަތޮޅު ހޮސްޕިޓަލް[/caption]

ކިޑްނީ ފެއިލް ވެފައި ހުރި ކަމުގެ އަލާމާތްތައް:

ކިޑްނީ ފެއިލްވުމަކީ މިއަދު ގިނަ ބަޔަކު ތަހައްމަލު ކުރަން ޖެހިފައިވާ ވޭނީ ބައްޔަކަށްވާ އިރު ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކަނީ އާބާދީގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކީ ކިޑްނީގެ ބަލި ތަހައްމަލް ކުރަން ޖެހިފައިވާ މީހެއްގެ ގޮތުގައެވެ. އެހެން ކަމުން މި ބަލިމަޑުކަމަށް ސަމާލުވެ، ކުރީބައިގައި ބަލި ހުރިކަން ދެނިގަނެ، ފަރުވާ ކުރުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ. ތިރީގައި އެވަނީ ކިޑްނީ ފެއިލްވެފައި ވުމުގެ ބައެއް އަލާމާތްތައް:-
  • ކުޑަކަމު ދިޔުން މަދުވުން
  • މޭގައި އާދަޔާ ހިލާފަށް ރިއްސުން
  • ނޭވާ ކުރިއާ ބަލާފައި މާ ބޮޑަށް ކުރުވުން
  • ހޫނު ތަނެއްގައި ވެސް މާބޮޑަށް ފިނި އިހުސާސް ވުން
  • އެނބުރުން އަރައި ހޮޑުލެވުން
  • ހަށިގަނޑު އާދަޔާ ހިލާފަށް ކެހުން
  • ކުޑަކަމުދާއިރު ލޭ ހުރުން
  • ފައިތިލަ، ތަނބިކަށި، ފައި ދުޅަވުން
  • ކާ އެއްޗެހީގައި ނުބައި ރަހަލުން/ ދަގަނޑު ރަހަ ހުރުން
  • ފިތް ނެގުން
  • ލޭ އާދަޔާ ހިލާފަށް ހަށިގަނޑުން މަދުވުން
ކީޑްނީ ދުޅަވުން، ކީޑްނީގައި ހިލަ އުފެދުން، ކިޑްނީ ފެއިލްވުން އަދި ދާއިމީ ކިޑްނީ ބަލި ނުވަތަ ކްްރޮނިކް ކިޑްނީ ޑިޒީޒް، (ސީ.ކޭ.ޑީ) މެދުވެރިވާ ސަބަބުތަކުގެ ތެރައިން މައިގަނޑު އެއްސަބަބަކީ ފެން މަދުވުމެވެ. ކުރީކޮޅުގައި ބަލި ދެނެގަނެވުމަކީ ދާއިމީ ކިޑްނީ ބައްޔަށް ފަރުވާ ހޯދުމަށް މަގުފަހިވެގެންދާނެކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ