
ނައިބު ރައީސް ހދ. ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރައްވައިފި
ނައިބު ރައީސް ހދ. ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރައްވައިފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އެ ބައްދަލުކުރެއްވުމުގައި، ނޮޅިވަރަންފަރު ކައުންސިލުން ވަނީ މިސަރުކާރުން އެރަށުގައި ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ނިމިފައިވާ ކަމަށާއި އަދި މިހާރު ވެސް ބައެއް މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫއު ނިމި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ކުރިޔަށްގެންދާ 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ވެސް މުޅިން ނިމުމަކާއި ހަމައަށް ގޮސްފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ކައުންސިލުން ނޮޅިވަރަށް ފަރަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، މަގުހެދުމާއި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން ސްކޫލުގެ ޖާގައިތުރުކުރުމާއި، ސިއްހީ ހިދުމަތާއި، ކުޅިވަރުކުޅުމުގެ ވަސީލަތްތައް އިތުރަށް ތަރައްގީކުރަން ބޭނުންވާކަން ފާހަގަކުރައްވައި، ކައުންސިލް އިދާރާގައި އިދާރީ މުވައްޒަފުންގެ ގޮތުގައި 40 ވުރެ ގިނަ މުވައްޒަފުން ތިބޭއިރު، މުސާރައިގެ އޮނިގަނޑުގައި މިހާރުހުރި މައްސަލަތައް ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ނޮޅިވަރަންފަރުގެ މަގުހެދުމުގެ މަޝްރޫއާގުޅޭ ގޮތުން މިހާރު ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ކައުންސިލާއި ހިއްސާކުރައްވާފައެވެ. މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަވަހަށް ހައްލެއް ބޭނުންވާ ކަންކަމާއި އެނޫން ކަންތައްތަކާއި ގުޅޭ ގޮތުން ކަމާއި ބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
