މާލެ: 31°C
ނައިބް ރައީސް ހިލާލީގެއިން ނުކުމެވަޑައިގެންނެވި ވާހަކަ ދޮގުކުރައްވައިފި

ނައިބް ރައީސް ހިލާލީގެއިން ނުކުމެވަޑައިގެންނެވި ވާހަކަ ދޮގުކުރައްވައިފި

March 12, 2024
2 ފަހަރު ބަލާފައި
ނައިބް ރައީސް ހިލާލީގެއިން ނުކުމެވަޑައިގެންނެވި ވާހަކަ ދޮގުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ދިރިއުޅުއްވާ ހިލާލީގެއިން ނުކުމެވަޑައިގެންނެވި ކަމަށް މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ. ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހިލާލީގެއިން އެމަނިކުފާނު ނުކުމެވަޑައިގެން ވަނީ ހުޅުމާލޭ އެޕާޓްމަންޓަކަށް ބަދަލުވެ ވަޑައިގެންފައެވެ. އަދި އެ ނޫހުން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ހިލާލީގެއިން ނުކުމެވަޑައިގަތީ، ސަރުކާރުގެ ތެރެއިން ޖާސޫސްކުރާތީއެވެ. އެ ވާހަކަތައް ދޮގު ކުރައްވަމުން ނައިބު ރައީސް "އެކްސް" ގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި މުޅި މުޖްތަމައުގެ މަސްލަހަތު ހިމެނޭ މިފަދަ ވާހަތައް ފެތުރުމުގެ ކުރިން ކަމުގެ ހަގީގަތް އޮޅުން ފިލުވުމަކީ މުހިންމު ކަމެއް ކަމަށެވެ. "މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ މުޖުތަމުގައި ފިތުނަ ފަސާދަ އިތުރުވެ މަސްލަހަތު ގެއްލޭނެ ކަމެއް. މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ގޮވާލަން" ނައިބް ރައީސް ވިދާޅުވިއެވެ. ހިލާލީގޭގައި މަރާމާތުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަ ގެކޮޅުގައެވެ. ވެރިކަމަށް ވަޑައިގަތް ފަހުން އަދި ހިލާލީ ގެއަށް އެމަނިކުފާނު ދިރިއުޅުން ބަދަލު ކުރައްވާފައި ނުވާކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ރޯދަ މަހުގެ ތެރޭގައި ނައިބު ރައީސް ހިލާލީގެއަށް ބަދަލުވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވެސް މުލިއާގޭގައި މަރާމާތުތަކެއް ކުރަން ހުރުމުގެ ސަބަބުން ފުރަތަމަ ދެ މަހެއްހާ ދުވަހު ދިރިއުޅުއްވީ އަމިއްލަ ގެކޮޅު ކަމަށްވާ ދިމްޔާތުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ