ނައިބު ރައީސް ފަރެސްމާތޮޑާ ދާއިރާގެ މެންބަރާއި، ފިޔޯރީ ކައުންސިލްގެ ރައީސާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ފަރެސްމާތޮޑާ ދާއިރާގެ މެންބަރާއި، ފިޔޯރީ ކައުންސިލްގެ ރައީސާ ބައްދަލުކުރައްވައިފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ގދ. ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފް ރަޝީދާއި، އެއަތޮޅު ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފިޔޯރީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ރަށުގެ ޒުވާނުން މިވަގުތު ފުޓުބޯޅަ ކުޅުމަށްޓަކައި ރަށުގެ ބޮޑު ސްޓޭޑިއަމްގައި ޓާފު އެޅުމަށް ބޭނުންވާކަމަށާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލް ރައީސާއި ދާއިރާގެ މަޖިލީސް މެންބަރު އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، ރަށުގައި އޭ.ޓީ.އެމް ގެ ޚިދުމަތް ނެތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެބޭފުޅުން ޙިއްޞާކުރެއްވިއެވެ.
މީގެ އިތުރުން ރަށުގެ ސޫކޫލުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، ޞިއްޙީ ޚިދުމަތް 24 ގަޑިއިރު ދެވޭ ތަނެއްގެ ގޮތުގައި ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލް ރައީސާއި ދާއިރާގެ މަޖިލިސް މެންބަރު ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯދައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތީން ފައްޓަވައިދެއްވި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
