ނަހުލާގެ ތުހުމަތުތަކަށް މާލެ ސިޓީ ކައުންސިލުން ރައްދުދީފި

ނަހުލާގެ ތުހުމަތުތަކަށް މާލެ ސިޓީ ކައުންސިލުން ރައްދުދީފި
ލިޔުން:
މާލޭ ސިޓީކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކުރައްވާފައިވާ ބޮޑެތި ތުހުމަތު ތައް ދޮގުކޮށް މާލެ ސިޓީ ކައުންސިލުން ރައްދުދީފިއެވެ.
އިއްޔެ ނަހުލާ ނެރުއްވި ނޫސްބަޔާނެއްގައި ކުރެއްވި ތުހުމަތުތަކުގެ ތެރޭގައި ވިލިމާލޭގައި "ޝީޝިއާ ރެސްޓޯރެންޓް"ގެ ނަމުގައި ހިންގާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު އިތުރުކޮށްފައި ވަނީ އަލުން ބިޑަށް ހުޅުވައި ނުލާ ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތެއް ހިމެނެ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ރެސްޓޯރަންޓްގެ މުއްދަތު އިތުކޮށްފައިވަނީ، ގަވައިދާ އެއްގޮތަށް ކަމަށެވެ.
[embed]https://minivan.mv/82785/[/embed]
އެ އެއްބަސްވުމަށް މުއްދަތު އިތުރުކުރުމަށް އެދި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ވިލިމާލޭގައި ޕާކެއް ތަރައްގީކުރުމާއި، ވިލިމާލޭގެ އިރުމަތީފަރާތު މާލެއާއި ވީފަރާތުން ޕިކުނިކު ދާ ފަރާތްތަކަށް ހާއްސަކުރެވިގެން ހަދާ އޭރިޔާގައި ބަހައްޓަންޖެހޭ ފާހާނާބަރިއާއި ޝަވަރުތައް އަދި ޗޭންޖިން ރޫމު ބަހައްޓާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން ވިލިމާލޭ ސާވިސް ކޮމެޓީއަށް ހުށަހެޅި އިރު ވިލިމާލޭ ސާވިސް ކޮމެޓީގެ މުގައްރިރަކަށް ހުންނެވީ ނަހުލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެ ހުށަހެޅުން ކޮމެޓީން ފާސްކުރީ 13 އޭޕްރީލް 2022 ގައި ކަމަށާއި އޭރު ވެސް އެ ކޮމެޓީގެ މުގައްރިރަކީ ނަހުލާ ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.
ވިލިމާލޭ ދާއިރާގެ ކައުންސިލަރު ކޮމެޓީއަށް ހުށަހެޅުއްވި ހުށާހެޅުމާއި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހެޅި ލިޔުންތައް ކޮމެޓީން ދިރާސާކުރުމަށްފަހު ކޮމެޓީގެ އަގުލަބިއްޔަތުން ނިމުނުގޮތަށް އެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ނަހުލާ ކުރެއްވި އަނެއް ތުހުމަތަކީ ވިލިމާލޭން ރެޑްވޭވަށް ބިމެއް ކުއްޔަށް ދީފައިވަނީ ވެސް ކައުންސިލްގެ ރަސްމީ ބައްދަލުވުމަކަށް ހުށަނާޅައި ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތެކެވެ.
ސިޓީ ކައުންސިލުން ބުނީ، ވިލި މާލޭގެ ރައްޔިތުންނަށް ވީހާވެސް ގާތުން ވިޔަފާރީގެ ހިދުމަތް ހޯދައިދޭންވެގެން، ވިލިމާލޭގައި ކޮމާޝަލް ބިލްޑިންގއެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމަށް 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު އެ ކައުންސިލުން ގެޒެޓުގައި އިއުލާންނެއް ކުރުމުން އެކަމަށް ހުށަހަޅާފައިވާ ހުރިހާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ކަނޑައަޅީ އެ ކައުންސިލުގެ ބިޑުކޮމެޓީންކަމަށެވެ.
އެ ކޮމާޝަލް ބިންލިޑިންގ އެޅުމަށް މާލެ ސިޓީ ކައުންސިލުގެ ރަސްމީ ބައްދަލުވުން ތަކެއްގައި ބަހުސް ކުރި ކަމަށް ވެސް ބުންޏެވެ. އެތަންތަނަށް ވިލިމާލެއިން ކަނޑައަޅާފައިވާ ބިންތައްވެސް ފާސްކޮށް އެކަންކަން ކުރިއަށް ގެންދަން ފާސްކޮށްފައިވަނީ، އެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ. އެ ހުރިހާ ބައްދަލުވުން ތަކުގައިވެސް ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީ ހާޒިރުވެ ބަހުސްގައި ބައިވެރިވެ އެކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވާފައި ވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
