މާލެ: 31°C
ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

January 2, 2024
3 ފަހަރު ބަލާފައި
ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރުމަށް ނިންމައިފިއެވެ. މަޖިލީހަށް ވާދަކުރައްވާކަން ނަހުލާ އިއުލާނު ކުރައްވާފައިވަނީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ނަހުލާ ވިދާޅުވީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތް ﷲގެ ވާގިފުޅާއިއެކު ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ. "އެހެންކަމުން އަޅުގަނޑު އުންމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން, އަޅުގަނޑަށް ތާއީދުކޮށް ތިޔަބޭފުޅުންގެ ވޯޓް އަޅުގަނޑަށް ދެއްވުން." ނަހުލާ ވިދާޅުވެފައިވެއެވެ. https://twitter.com/aishath_nahula/status/1741879951958352168?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1741879951958352168%7Ctwgr%5E0c3ff1d89ca98b2cf05c4295387dcda4d543f42e%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F340372 ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަންބަލުން ނަހުލާ އެންމެ ފަހުން ހުންނެވީ ކުރީ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ. އަދި މުޅި 5 އަހަރުގެ ދައުރު އެ މަގާމުގައި ދެމި ހުންނެވިއިރު، އޭނާ ވަނީ މިދިޔަ ފެބްރުއަރީ މަހު ޖޭޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށްވެސް ހޮވިވަޑައިގެންފައެވެ. ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، އެޕާޓީން ވަނީ އެފުރުސަތު މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. އެގޮތުން، ޖޭޕީން ވަނީ ކުރިއަށް އޮތް އިންތިހާބުތަކުގައި އެ ޕާޓީއިން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީއާ ވެސް މަޝްވަރާތައް ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ