މާލެ: 31°C
ނަގޫ ރޯޅިއެއް އަރައި، ދިއްދޫގެ ރޯހައުސްތަކަކަށް ބޮޑެތި ގެއްލުންވެއްޖެ

ނަގޫ ރޯޅިއެއް އަރައި، ދިއްދޫގެ ރޯހައުސްތަކަކަށް ބޮޑެތި ގެއްލުންވެއްޖެ

May 14, 2024
2 ފަހަރު ބަލާފައި
ނަގޫ ރޯޅިއެއް އަރައި، ދިއްދޫގެ ރޯހައުސްތަކަކަށް ބޮޑެތި ގެއްލުންވެއްޖެ
ހއ. ދިއްދު އަށް ރޭ ކުރި ވިއްސާރައިގައި ބައެއް ރޯހައުސްތަކުގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ދިއްދޫ ކައުންސިލުން މިއަދު ބުނީ ރޭ ފަތިހު ކުރި ވިއްސާރައިގައި ފްލެޓް ސަރަހައްދަށް ނަގޫ ރޯޅިއެއް އަރައި އެ ސަރަހައްދުގައ ިމީހުން ދިރިއުޅޭ ހަ ރޯ ހައުސްއެއްގެ ފުރާޅުގެ ޓިނުތައް އެއްލާލާފައިވާ ކަމަށެވެ. ގިނަ ފުލެޓްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ފުރާޅު އެއްލާނުލާ ފްލެޓްތަކަށާއި ފުރާޅު އެއްލާލި ބައެއް ފްލެޓްތަކުގައި ހުރި ފަރުނީޗަރުތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.   މައުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫ ކައުންސިލުން އަންނަނީ ފުރާޅު އެއްލާލި ރޯހައުސްތަކުގައި ފުރާޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ތަންތަނުގައި ދިރިއުޅެމުންދިޔަ ފަރާތްތައް ވަނީ ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދީފައެވެ. އަދި އާންމުން އަތުން ލިބެން ހުރި ޓިނުތައް ނަގައި، އެ ގެތަކުގައި ވަގުތީ ގޮތުން ޓިނު ޖަހައި، މި ވަގުތަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެނގިފައިވާ ގޮތުގައި ރޭ ދިއްދޫއަށް ކުރި ވިއްސާރާއިގައި ގެއްލުން ލިބުނު ގެތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކައުންސިލުން ދަނީ ކުރަމުންނެވެ. އަދި އެ މައުލޫމާތު ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް އެންގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ