މާލެ: 31°C

ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާ ކުރުމަށް އަމާޒެއް އެކުލަވާލައްވައިފި

February 27, 2025
160 ފަހަރު ބަލާފައި
ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާ ކުރުމަށް އަމާޒެއް އެކުލަވާލައްވައިފި
ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާކުރުމަށް އަމާޒުކޮށް އެކުލަވާލާފައިވާ ”ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029“ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިފްތިތާހުކޮށްދެއްވައިފި އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށް އެކުލަވާލާފައިވާ މި ޕްލޭނަކީ ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި، ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް އަމާޒުކޮށް އެކުލަވާލާފައިވާ ޕްލޭނެކެވެ. މި ޕްލޭންގައި އެކި އުމުރުފުރާގެ މީހުންނަށް، ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކިއެކި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ނަފްސާނީ ޞިއްޙަތަށް އަހައްމިއްޔަތުކަން ދިނުމަށް އިސްކަންދީފައިވެ އެވެ.

މި ޕްލޭންގެ ދަށުން ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމާއި، ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރެވޭނެ އެވެ. އަދި މީގެ އިތުރުން ސިޔާސަތުތަކާއި، ސްޓޭންޑަޑްތަކާއި، ގައިޑްލައިންތައް އެކުލަވާލުމާއި، ޞިއްޙީ ޚިދުމަތްތެރިންގެ ހުނަރު އިތުރުކުރުމަށްވެސް އަމާޒުކުރެވިފައިވެ އެވެ.

ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އޮންނަ ނޭދެވޭ ވިސްނުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މި ޕްލޭންގައި ހިމެނިފައިވެ އެވެ. އަދި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި، ނަފްސާނީ ގޮތުން ބާރުވެރި އަދި ޤާބިލު ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ހެދުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކުރުމަށް މި ޕްލޭން ބާރުއަޅައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ