
ނައީމާގެ މަރާ ގުޅިގެން އެރަށު ގިނަ ބައެއްގެ އިނގިލީގެ ނިޝާން ނަގަނީ
ނައީމާގެ މަރާ ގުޅިގެން އެރަށު ގިނަ ބައެއްގެ އިނގިލީގެ ނިޝާން ނަގަނީ
ލިޔުން:
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ ގާތިލް ދެނެގަތުމަށް އެރަށުގެ ގިނަ ބައެއްގެ އިނގިލީގެ ނިޝާން އަދި ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އެރަށުގެ ކައުންސިލުން ވަނީ ނައީމާގެ ގާތިލް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ރަށު ރައްޔިތުންގެ ކިބައިން އެއްބާރުލުން ދިނުމަށް އެދިފައެވެ.
އިނގިލީގެ ނިޝާން ތަކާއި ސާމްޕަލް ތަކަަކީ އެއްވެސް މީހަކަށް ޝައްކުކުރެވިގެން ނެގޭ އެއްޗެއް ނޫން ކަމަށާއި ޝައްކުކުރެވޭ އެއްވެސް ފަރާތެއް އަދި ހޯދިފައިނުވާ ކަމަށް މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސޮބީހް ވިދާޅުވެފައިވެއެވެ.
ފުލުހުން އެރަށުގެ އެކި އުމުރުފުރާގެ މީހުންގެ އިނގިލީގެ ނިޝާން ނަގަމުންދެއެވެ.
އެކަނި ދިރިއުޅުމެއް އުޅެމުން އައި ނައީމާގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރާފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މި މަހުގެ ހަތް ވަނަ ދުވަހެވެ. ތަހުގީގުގައި ފުލުހުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވިޔަސް ކޭސްގައި ލިބުނު ކުރިއެރުމުގެ ތަފްސީލެއް އާއްމެއް ނުކުރެއެވެ.
ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު ވަނީ މިމަހުގެ 8 ވަނަދުވަހު މަނަދޫގައި ވަޅުލާފައެވެ.
ނައީމާގެ މަރާއި މެދު ރަސުތެރޭގައި އެކިކަލަ ވާހަކަ ދެކެވި، ބައެއް މީހުނަށް ތުހުމަތު ކުރިނަމަވެސް، މިހާތަނަށް ފުލުހުންނަށް އެއްވެސް މީހަކަށް ތުހުމަތުކުރެވޭ ކަމެއް ބުނެފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
