
ނައީމާގެ މަރާގުޅިގެން ބައެއްމީހުންގެ ޑީއެންއޭ ސާމްޕަލް ނަގައިފި
ނައީމާގެ މަރާގުޅިގެން ބައެއްމީހުންގެ ޑީއެންއޭ ސާމްޕަލް ނަގައިފި
ލިޔުން:
މި މަހުގެ ހަތްވަނަ ދުވަހު، ނ. މަނަދޫގައި އަނިޔާ ވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، އެރަށު ނައީމާ މޫސާ ގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެ ރަށު ބައެއް މީހުންގެ ހަށިގަނޑުން ސާމްޕަލް ނަގައިފިއެވެ.
މަނަދޫ އިން މީހަކު ބުނިގޮތަގައި ނައީމާގެ އާއިލާގެ ބައެއް މީހުންނާއި ބައެއް އަވައްޓެރިންގެ އިތުރުން އިތުރު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް އާއި އިނގިލީގެ ނިޝާން ވަނީ ނަގާފަ އެވެ.
ނައީމާ ގެ މަރުގެ ތަހުގީގަށް ވަރަށް ގިނަ ފޮރެސްނިކް ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދެއެވެ.
މި މައްސަލައާ ގުޅިގެން އި، ރަސްމީކޮށް ފުލުހުން އަދި މާ ގިނަ މައުލޫމާތު ހާމަ ނުކުރާ އިރު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ވެސްނުވެއެވެ.
އެކަނި ދިރިއުޅުނު ނައީމާ މަރާލާފައި އޮއްވައި ފެނުނީ އޭނާގެ ހަބަރެއް ނުވާތަ ދެ ދުވަސް ފަހުހުން ފުލުހުން ގޮސް ކޮޓަރީގެ ދޮރު ވައްޓާލައިގެން ވަދެ ބެލި އިރު އެވެ. އޭނާ ފެނުނުއިރު ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ހުއްޓެވެ. ނައީމާގެ ހަށިގަނޑު ވަނީ އެ ރަށުގައި ވަޅުލައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
