މާލެ: 31°C

ނައީމާ މަރަން ބޭނުން ކުރި ހަތިޔާރު ހޯދައިފި

ނައީމާ މަރަން ބޭނުން ކުރި ހަތިޔާރު ހޯދައިފި
May 26, 2023
2 ފަހަރު ބަލާފައި
ނައީމާ މަރަން ބޭނުން ކުރި ހަތިޔާރު ހޯދައިފި
ނ. މަނަދޫގައި މަރުވެފައި އޮތްވާ ފެނުނު އަންނާރުމާގެ ނައީމާ މޫސާ މަރާލަން ބޭނުން ކުރި ދެ ހަތިޔާރާއި އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ހޯދައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީގެއްގައި ވިދާޅުވީ، ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި، ހަމަލާދިންވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ހޯދައި ކޮނެގެން އެތަކެތި ނަގާފައިވާ ކަމަށެވެ. https://twitter.com/M_Hameedh/status/1662114486755688448 ސީޕީ ވިދާޅުވީ، ނައީމާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން ދާކަމަށާއި، މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަމަށެވެ. ނަމަވެސް ހައްޔަރު ކޮށްފައި ތިބި ދެމީހުންގެ ވަނަ ވަރު އަދި ފުލުހުން ހާމައެއް ނުކުރެއެވެ. އަނިޔާވެއެރި ގޮތަކަށް މަނަދޫގައި އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އޮއްވައި ފެނުނުއިރު ނައީމާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ވަނީ ފެނުފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ