ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު އަންނާރުމާގެ ނައީމާ މޫސާގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތީގެ މައްސަލައިގައި މަނަދޫން ހައްޔަރުކޮށް 14 ދުވަހުގެ ބަންދުގެ މުއްދަތު ދިން 23 އަހަރުގެ މީހާ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ބަންދުގައި ހުރީ ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ކަމަށެވެ. އެމައްސަލައާއި ގުޅިގެން އޭނާގެ ބަންދަށް 5 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނައީމާގެ މަރުގެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 21 އަހަރުގެ އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު، 21 އަހަރުގެ އަނެއް ފިރިހެން މީހާގެ ބަންދަށް 30 ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ނައީމާގެ މަރުގެ މައްސަލައިގައި މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ 21 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ ތެރެއިން 23 އަހަރުގެ މީހާ ހައްޔަރު ކުރިއިރު، އޭނާގެ އަތުން ވަނީ މަސްތުވާތަކެތި ވެސް ފެނިފައެވެ. އެގޮތުން ނައީމާ މަރާލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، ފުލުހުން ވަނީ އޭނާ މަރާލަން ބޭނުނުން ކުރި ދެ ހަތިޔާރާއި އެވަގުތު އެމީހުން ލައިގެން ތިބި އަންނައުނު ހޯދާފައެވެ. އެތަކެތި ހޯދާފައިވަނީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިއޮއްވައެވެ. އަނިޔާވެއެރި ގޮތަކަށް މަނަދޫގައި އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އޮއްވައި ފެނުނުއިރު ނައީމާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ވަނީ ފެނިފައެވެ.
ނައީމާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ނައީމާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
