
ނައީމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ތިންވަނަ މީހާ ހައްޔަރުކުރީ މާލެއިން
ނައީމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ތިންވަނަ މީހާ ހައްޔަރުކުރީ މާލެއިން
ލިޔުން:
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު އަންނާރުމާގެ ނައީމާ މޫސާގެ މަރުގެ މައްސަލާގައިގެ ތުހުމަތުކުރެވޭ އިތުރު މީކަހު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ނައީމާ މަރާލި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފައިވަނީ މާލެ އިން ކަމަށާއި، ހައްޔަރު ކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ނަމަވެސް އެޒުވާނާއި ބެހޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނައީމާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން ދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން، ނައީމާގެ މަރުގެ ތުހުމަތުގައި މީގެ ކުރިން ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާއިރު، ފުލުުންވަނީ ނައީމާ މަރާލަން ބޭނުނުން ކުރި ދެ ހަތިޔާރާއި އެވަގުތު އެމީހުން ލައިގެން ތިބި އަންނައުނު ވެސް ހޯދާފައެވެ.
ނައީމާގެ މަރުގެ މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކުރި ނަމަވެސް ފުލުހުން އެއިން އެއްވެސް މީހެއްގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
އަނިޔާވެއެރި ގޮތަކަށް މަނަދޫގައި އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އޮއްވައި ފެނުނުއިރު ނައީމާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ވަނީ ފެނިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
