ނައީމާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އަހްޒަމު ޝަރީއަތް ނިމެންދެން ބަންދަށް

ނައީމާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އަހްޒަމު ޝަރީއަތް ނިމެންދެން ބަންދަށް
ލިޔުން:
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު އަންނާރުމާގެ ނައީމާ މޫސާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މަނަދޫ، ފެހިވިލާގެ، އަހުޒަމް (23 އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތީގެ މައްސަލައިގައި މަނަދޫން ހައްޔަރުކޮށް 14 ދުވަހުގެ ބަންދުގެ މުއްދަތު ދިން އަހްޒަމް، މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ބަންދުގައި ހުރީ ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ކަމަށެވެ. އެގޮތުން މިމަހުގެ 11 ވަނަ ދުވަހު އޭނާގެ ބަންދަށް ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވާތީ، ޝަރީއަތް ނިމެންދެން އަހްޒަމް ބަންދުކުރަން ކޯޓަށް ހާޒިރުކުރުމުން ވަނީ އަމުރުކޮށްފައެވެ.
ނައީމާގެ މަރުގެ މައްސަލައިގައި އަހްޒަމް ހައްޔަރުކުރުމާ ގުޅިގެން އޭނާ ވަނީ ނައީމާ މަރާލި ކަމަށް އެއްބަސްވެ އެކަން ކުރި ގޮތް ފުލުހުންނަށް ކިޔާދީފައެވެ.
އެ މައްސަލައިގައި އަހްޒަމްގެ އިތުރުން، މަނަދޫ، ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް (21 އ) އާއި، މަނަދޫ، ވިނަރެސް، ހުސައިން ފަވާޒު (21 އ) ވެސް ހުރީ ހައްޔަރުކޮށްފަ އެވެ. 21 އަހަރުގެ އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު، 21 އަހަރުގެ އަނެއް ފިރިހެން މީހާގެ ބަންދަށް 30 ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ނައީމާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް، އަހްޒަމް އާއި ރިފާސް ހައްޔަރުކުރީ މަނަދޫއިންނެވެ. ނަމަވެސް ފަވާޒް ހައްޔަރުކުރީ މާލެ އިންނެވެ.
އެއަށްފަހު ފުލުހުން ވަނީ ނައީމާ މަރާލަން ބޭނުނުން ކުރި ދެ ހަތިޔާރާއި އެވަގުތު އެމީހުން ލައިގެން ތިބި އަންނައުނު ހޯދާފައެވެ. އެތަކެތި ހޯދާފައިވަނީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިއޮއްވައެވެ.
އަނިޔާވެއެރި ގޮތަކަށް މަނަދޫގައި އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އޮއްވައި ފެނުނުއިރު ނައީމާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ވަނީ ފެނިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
