މާލެ: 31°C

މިޔަންމާ މައްސަލާގައި ރާއްޖެއިން ބަޔާން ހުށަހަޅައިފި

March 5, 2025
141 ފަހަރު ބަލާފައި
މިޔަންމާ މައްސަލާގައި ރާއްޖެއިން ބަޔާން ހުށަހަޅައިފި
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައިގައި ރާއްޖޭން ލިޔުމުން އޮބްޒަވޭޝަންސް ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މައްސަލައިގައި ރާއްޖޭން ލިޔުމުން ހުށަހަޅާ އޮބްޒަވޭޝަންސް، މި މައްސަލައަށް ރާއްޖޭން ކަނޑައަޅާފައިވާ އެޖެންޓް، އެޓާނީ ޖެނެރަލް އަހްމަދު އުޝާމްގެ ފަރާތުން މިިދިޔަ ހުކުރު ދުވަހު އައިސީޖޭއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން، މިޔަންމާއާ ދެކޮޅަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ރާއްޖޭން މި މައްސަލައަށް ތަދައްހުލުވުމަށްއެދި ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަވެންޝަން މިދިޔަ މަހުގެ 3 ވަނަ ދުވަހު އައިސީޖޭއިން ބަލައިގަނެ، ރާއްޖެއިން ތަދައްހުލުވާ މައުލޫ އާ ގުޅޭގޮތުން ލިޔުމުން އޮބްޒަވޭޝަންސް ހުށަހެޅުމަށް ދައުވަތު ދީފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި މި މައްސަލައަށް ތަދައްހުލުވާ ފަރާތެއްގެ ދައުރާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ އޮބްޒަވޭޝަންސްގައި އަލިއަޅުވާލާފައި ވާނީ، ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތަކުގެ މާނަކުރުމަށް ކަމުގަ އެވެ. ވަކިން ހާއްސަކޮށް، އެ މުއާހަދާގެ 1، 4، 5 އަދި 6 ވަނަ މާއްދާތަކުގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތަށް އަލިއަޅުވާލާފައިވާނެ ކަމުގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ