މާލެ: 31°C

މުޒާހަރާތަކުން މީހުން ހައްޔަރު ކުރާ މައްސަލަ ޕީޕީއެމުން އެންއައިސީއަށް ހުށަހަޅައިފި

January 9, 2023
2 ފަހަރު ބަލާފައި
މުޒާހަރާތަކުން މީހުން ހައްޔަރު ކުރާ މައްސަލަ ޕީޕީއެމުން އެންއައިސީއަށް ހުށަހަޅައިފި
މުޒާހަރާތަކުން މީހުން ހައްޔަރު ކުރާ މައްސަލަ ޕީޕީއެމުން އެންއައިސީއަށް ހުށަހަޅައިފި
ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރާތީ، އިދިކޮޅުން އެ މައްސަލަ  ނެޝަނަލް އިންޓަގްރިޓީީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފއެވެ. ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "މިނިވަން" އަށް މިއަދު ވިދާޅުވީ އެ ދެ ކޮމިޝަނަށް ވެސް އެ މައްސަލަތައް މިހާރު ހުށައަޅާފައިވާކަމަށާއި ނަމަވެސް އެ މައްސަލަތައް ބަލާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. "އަޅުގަނޑުމެން މިއަދު ވެސް ނެޝަނަލް އިންޓަގްރިޓީީ ކޮމިޝަން އަށް ގޮއްސަ މިކަންތައްތަކާ ބެހޭ ކަންބޮޑުވުން ފާޅުކުރެއްވިން، ދެން އޭގެ އިތުރުން ހިއުމަން ރަައިޓްސް ކޮމިޝަންގައި ވެސް އެމައްސަލަތަކާ ގުޅޭގޮތުން ކަނބޮޑުވުން ފާޅުކޮށްފަ އޮންނާނީ، އެއީ އެ ބޭފުޅުންނަކީ މިނިވަން މުއައްސަސާއެއް، އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަޅުގަނޑު މެންނަށް އެކްސަސައިޒް އެއް ނުކުރެވޭ، އަޅުގަނޑުމެންގެ ޕާޓީ އޮފީސް ދޮރުމަތީގައި ބެރިކޭޓް ޖަހާ ބަންދު ކޮށްފަ މި އޮންނަނީ، އެ މުއަސަސާ ތަކުން ބުނަނީ އެ މައްސަލަ ބައްލަވާނަމޭ ، ބައްލަވާނަމެ ، ނަމަވެސް އެ ބޭފުޅުންނަކަށް ނުކެރޭ މައްސަލަތައް ބައްލާވާކަށެއް،" ހީނާ ވިދާޅުވި އެވެ. މިހާރު ފުލުހުން މީހުން ހައްޔަރު ކުރުމުގައި އެއްވެސް އުސޫލަކަށް ތަބާ ނުވާ ކަމަށް ހީނާ ތުހުމަތު ކުރެއްވި އެވެ. އަދި ހައްޔަރު ކުރުމުގެ ކުރިން އެއްވެސް އިންޒާރަކާ ނުލާ ފުލުހުންނަށް ފެންނަ އަނިޔާވެރި ގޮތަކަށް އަންނަނީ ހައްޔަރު ކުރަމުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއެވެ. ހާއްސަކޮށް އަންހެން ބޭފުޅުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. ހައްޔަރު ކުރާ އިރު އަތުގެ ކުޑަހުޅުން ލަންބާލުމާ ގައިގަ ވިކުމާ ކުދި ކުދި އަނިޔާތައް ކުރުން ފަދަ ކަންތައްތައް ފުލުހުން ކުރާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ. ހީނާ ވިދާޅުވީ، ރައީސް ސޯލިހު ވިދާޅުވަނީ އެއްވެ އުޅުމުގެ މިނިވަންކަން އޮތް ކަމަށާ އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށް ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ހިސާބުން ފެށިގެން ރޭގެ ނިޔަލަށް އެ ޕާޓީ އަށް ތާއީދު ކުރާ 100 އަށް ވުރެން ގިނަ މީހުން މުޒާހަރާ ތަކުން ހައްޔަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެތެރެއިން ދެ މީހަކު މިހާރު ވެސް އޮތީ ޖަލުގައި ކަމަށްވާއިރު ތިން މީހަކު ހުރީ ގޭ ބަންދުގައި ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އެ ކަންތައް ތަކަކީ ބަލައިގަނެވޭނެ ކަންތައް ތަކެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މުޒާހަރާ ކުރަމުންދާ ވަގުތު އަނިޔާވެރި ގޮތަކަށް ގެންގޮސް ބަންދުގައި ބޭތިއްބުމަކީ ސަރުކާރު ފެއިލް ވެފައިވާކަމުގެ ނިޝާނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ ފުލުހުންގެ މުވައްސަސާގެ އިސްވެރިޔަކަށް ހުންނަވާ ހޯމް މިނިސްޓަރ އިމްރާން، ފުލުހުންގެ ކަންތައްތައް ރަނގަޅޭ ވިދާޅުވާ އިރު ރަނގަޅުވީ ކޮންކަމެއް ތޯ ސުވާލު އުފެދޭކަމަށެވެ.  އަދި އެ މައްސަލަތައް ހައްލު ކުރުމަށް ކަމާބެހޭ މުވައްސަސާ ތަކަށް އޭނާ ވަނީ ގޮވާލާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ