މުޒާހަރާގެ ތެރެއިން ދުވަސްވީ އަންހެނަކު ހައްޔަރުކުރިގޮތާ މެދު ކަންބޮޑުވުން އެބަ އޮތް: ސީޕީ

މުޒާހަރާގެ ތެރެއިން ދުވަސްވީ އަންހެނަކު ހައްޔަރުކުރިގޮތާ މެދު ކަންބޮޑުވުން އެބަ އޮތް: ސީޕީ
ލިޔުން:
ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އުމުރުން ދުވަސްވީ އަންހެނަކާ މެދު ކަންކުރިގޮތާމެދު ސޯޝަލް މީޑިއާގައި މީހުން ނުރުން ފާޅުކުރަން ފެށުމާއި އެކު އެމައްސަލަ ބަލަން ފުލުހުން ނިންމައިފި އެވެ.
ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ރޭކުރި މުޒާހަރާގެ ތެރޭގައި، އާއްމު މަސްލަަހަތު ބަލަހައްޓާ އޮފިސަރުން އުމުރުން ދުވަސްވީ އަންހެނަކު ހިފެހެއްޓި ގޮތާއި މެދު ކަންބޮޑުވުން އެބަ އޮތް ކަމަށެވެ. އެ މައްސަލަ ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭގެ މުޒާހަރާގެ ތެރެއިން އުމުރުން ދުވަސްވީ އަންހެން މީހާ ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ. އަދި އެވީޑިއޯ ފެނި އާންމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ވެސް އަންނަނީ އެ އަންހެން މީހާ ހައްޔަރު ކުރި ގޮތާމެދު ހިންހަމަ މުޖެހުން ފާޅުކުރަމުންނެވެ.
މުޒާހަރާގެ ތެރެއިން އޭނާ ހައްޔަރުކުރަން ޖެހޭ ތޯ ވެސް ބައެެއް ފަރާތްތަކުން ސުވާލު އުފެއްދި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒަ ފަހުމީ (އިންތި) ކުރެއްވި ޓުވީޓެއްގައި އޭނާ ވެސް އެ ސުވާލު އުފެއްދެވި އެވެ.
."ފަހަތުން ދުވެގޮސް، ޝުޢޫރުފާޅުކުރާ އުމުރުން ދުވަސްވީ އަންހެން ބޭފުޅުން ހިފާ ހައްޔަރުކުރަންޖެހޭ ސަބަބަކީ ކޮބާ؟" އަންހެން މީހާ ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯ ހިމެނޭ ޓްވީޓެއް ރިޓްވީޓްކުރައްވަމުން އިންތި ވިދާޅުވި އެވެ.
[embed]https://twitter.com/Imthiyazfahmy/status/1612155596823990272?s=20&t=nJ4lIp3AWTgzlFjBBLf73A[/embed]
ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަކީ މިހާރުގެ ސަރުކާރުގެ އިސް ފަރާތްތައް އިދިކޮޅުގައި ތިބި އިރު ވަރަށް ބޮޑަށް ޕްރޮމޯޓްކުރި ހައްގެކެވެ. އެ ހައްގު މިހާރު ވެސް ފުރިހަމައަށް ލިބޭ ކަމަށް ސަރުކާރުގެ އިސް ފަރާތްތަކުން އަންނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
