މާލެ: 31°C

މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް އަނިޔާވުމުން އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފި

February 6, 2023
2 ފަހަރު ބަލާފައި
މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް އަނިޔާވުމުން އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފި
މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް އަނިޔާވުމުން އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފި
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވެވި ގަޑިއާ ދިމާކޮށް އިދިކޮޅު ކޯލިޝަނުން ފެށި މުޒާހަރާ ތެރެއިން ދެ ނޫސްވެރިއަކަށް އަނިޔާވެފައި ވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެމްޖޭއޭ އިން ކުރި ޓްވީޓެއްގައި ބުނީ މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯޖާނަލިސްޓަށް ފުލުހުންގެ ޝީލްޑުން ޖެހި އަނިޔާވެފައިވާއިރު, ޕެޕާސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ނޫސްވެރިއަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި މުޒާހަރާތައް ރޫޅައިލުމުގައި ބާރުގެ ބޭނުންކުރާ އިރު ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުންނަށް ގޮވައިލާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. [embed]https://twitter.com/mjamaldives/status/1622503586554081280?s=20&t=YAxcL6Em9Ut3zA4Tsh8CnA[/embed] "...މުޒާހަރާ ކަވަރު ކުރަމުންދިޔަ ޗެނަލް13ގެ ދެ ނޫސްވެރިޔަކަށް އަނިޔާވެފައިވާތީ, މި ޖަމިއްޔާއިން ކަންބޮޑުވަމެވެ. މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯޖާނަލިސްޓަށް ފުލުހުންގެ ޝީލްޑުން ޖެހި އަނިޔާވެފައިވާއިރު, ޕެޕާސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ވަނީ ކޮށްފައެވެ،" އެމްޖޭއޭގެ ޓްވީޓްގައި ބުންޏެވެ. މުޒާހަރާގެ ބައިވެރިންގެ ފަރާތުން ވީޓީވީގެ ނޫސްވެރިއަކަށް ފުރައްސާރައާ ކުރިމަތިވިކަމުގެ ޝަކުވާ ވެސް އެމްޖޭއޭއަށް ލިބިފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަަމަށް ވެސް އެޖަމިއްޔާއިން ބުންޏެވެ. "...މިފަދަ އަމަލުތައް މި ޖަމިއްޔާއިން ކުށްވެރިކުރަމެވެ. އެމްޖޭއޭއިން އަބަދުވެސް ގޮވާލަނީ ނޫސްވެރިންނަށް ރައްކާތެރި މާހައުލަކަށެވެ،" އެމްޖޭއޭގެ ޓްވީޓްގައި ބުންޏެވެ. ރައީސް ރިޔާސީ  ބަޔާން އިއްވެވި ވަގުތު އިދިކޮޅުން މަގުމަތީގައި މުޒާހަރާ ކުރި އިރު މަޖިލީހުގެ ތެރޭގައި އިދިކޮޅު މެމްބަރުން އަޑުގަދަކުރައްވައި، ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅަން ވެސް  މިއަދު މަސައްކަތް ކުރި އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ