މާލެ: 31°C

މުޒާހަރާގެ ތެރެއިން ހައްޔަރުކުރުމަށް ފަހު މޭޔަރު މުއިއްޒު ދޫކޮށްލައިފި

January 4, 2023
2 ފަހަރު ބަލާފައި
މުޒާހަރާގެ ތެރެއިން ހައްޔަރުކުރުމަށް ފަހު މޭޔަރު މުއިއްޒު ދޫކޮށްލައިފި
މުޒާހަރާގެ ތެރެއިން ހައްޔަރުކުރުމަށް ފަހު މޭޔަރު މުއިއްޒު ދޫކޮށްލައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމްޕީއެންސީން ރޭ މާލޭ ގައި ކުރި މުޒާހަރާ ގެ ތެރެއިން ހައްޔަރުކުރި މާލޭ ގެ މެޔަރު ޑރ. މުޙަމަދު މުއިއްޒު ރޭގެ ވަގުތެއް ގައި ދޫ ކޮށްލަފައި ވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ގެ މީޑިއާ  އޮފިޝަލަކު "މިނިވަން" އަށް މިއަދު ވިދާޅުވީ ރޭ ގެ މުޒާހަރާ ގެ ތެރެއިން މުލުހުނގެ ބެލުމުގެ ދަށައް ގެނައީ ހަތަރު މީހުން ކަމަށާއި އެ ހަތަރު މީހުނ ވެސް ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. [embed]https://minivan.mv/76902/[/embed] މުއިއްޒު ހައްޔަރު ކުރުމުން އެ ކަން ކުށްވެރި ކޮށް މާލޭ ސިޓީކައުނސިލުން ރޭ  ނޫސް ބަޔާނެއް ވެސް ނެރުނެވެ. ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ތުހުމަތު ކޮށްފައި ވާ ގޮތުގައި ގޮތުގައި ފުލުހުނ މުއޮއްޒު ހަޔަރު ކުރީ ގާނޫން އަސާސީ ގެ 27 ވަނަ މާއްދާގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ޝުއޫރުފާޅު ކުރަމުން ދަނިކޮށެވެ. އަދި އެއީ މާލޭ ގެ ރައްޔިތުން  އެމީހެއްގެ މަންދޫބެއްގެ ގޮތުގައި އިންތިހާބުކޮއްފައިވާ މޭޔަރުގެ ބާރުު ކަނޑުވައިލަ އެޅި ފިޔަވަޅެއް ކަމަށް ވެސް އެ ނޫސް ބަޔާނުގައި ތުހުމަތު ކޮއްފައި ވެއެވެ.          

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ