މުޒާހަރާގައި އަނިޔާވި ނޫސްވެރިޔާ ލަންކާއަށް ފުރުވާލައިފި

މުޒާހަރާގައި އަނިޔާވި ނޫސްވެރިޔާ ލަންކާއަށް ފުރުވާލައިފި
ލިޔުން:
އިނދިކޮޅު ޕީޕީއެމް ޕީއެންސީއިން ކުރިޔަށް ގެންދިޔަ މުޒާހަރާ އިން އަނިޔާ ލިބުނު ޗެނަލް 13 ގެ ނޫސްވެރިޔާ އިތުރު ފަރުވާއަށް އަވަށްޓެރި ސްރީލަންކާއަށް ފުރުވާލައިފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު 'މިނިވަން' އަށް ވިދާޅުވީ ޗެނަލް 13 ގެ ނޫސްވެރިޔާ ހަސަން ޝަހީދަށް އިތުރުފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން ބޭނުންވާތީ ލަންކާޔަށް ފުރުވާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝާހިދުގެ ބޮލަށާ ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ދާދި ފަހުން ޝާހިދު ވަނީ ސާރޖަރީއެއް ކޮށްފައި ކަމަށާ އެކަމުގެ ސަބަބުން ބަނޑަށާ އުނަގަނޑަށް ވެސް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އޭނާގެ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން އަދިވެސް ރަނގަޅަށް ހޭނާރާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައިކަމަށާއި، ޕެޕާ ސްޕްރޭ ޖެހީ އިންޒާރަކާއި ނުލާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ވަގުތު މުޒާހަރާ ކަވަރުކުރަމުން ގެންދިޔަ ނޫސްވެރިންގެ ގަޔަށްވެސް ފުލުހުން ޕެޕާ ސްޕްރޭ ޖަހި ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ފުލުހުން ޗެނަލް 13 ގެ ދެ ނޫސްވެރިޔަކަށް ބޮޑެތި އަނިޔާތަކެއްދިން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
